ކާތިކު އާރިޔަން- ގޫގުލް
ކާތިކު އާރިޔަން- ގޫގުލް
ފިލްމުތަކަށް ބޮޑު ކާމިޔާބީއެއް ލިބިފައި ނުވާތީ އޭގެ ސަބަބުން އަހަރުތަކެއް ވަންދެން ގޭގެ ކުލި ދައްކަން އުނދަގޫވި ކަމަށް ބޮލީވުޑްގެ ތަރި ކާތިކު އާރިއަން ބުނެފިއެވެ.

ބޫލު ބުލައްޔާ 3 ޕްރޮމޯޓު ކުރުމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކާތިކު ވަނީ އޭނާއަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންވެސް ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ކޮލެޖު ދައުރުގައި ހިންދީ ފިލްމު ކުޅެން ފަށާފައިވާ ކަމަށާއި، އޭނާގެ ފިލްމުތަކަށް ބޮޑު ކާމިޔާބީއެއް ލިބިފައި ނުވުމުގެ ސަބަބުން ހަތް އަހަރު ވަންދެން ގޭގެ ކުލި ދައްކަން ވެސް އުނދަގޫވިކަމަށެވެ.

މެޝެބަލް އިންޑިއާއަށް ދިން މި އިންޓަވިއުގައި ކާރްތިކު ބުނެފައިވަނީ އޭނާގެ ފިލްމު "ޕްޔާރު ކާ ޕަންޗުނާމާ" އަށްފަހު އަމިއްލަ ގެއަކަށް ބަދަލުވީ ކަމަށެވެ. ނަމަވެސް އޭނާގެ ފިލްމުތައް ބޮކްސް އޮފީހުގައި ނާކާމިޔާބު ވަމުން ދިއުމުގެ ސަބަބުން ގޭތެރޭގެ ހަރަދުތައް ބަލަހައްޓަންވެސް އުނދަގޫވީ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ އަޑިގަޑުން އަރައިގަނެވުނީ އޭނާގެ ފިލްމު "ސޯނޫ ކީ ޓީޓު ކީ ސުވީޓީ" އަށްފަހުގައި ކަމަށް ކާތިކު ވަނީ ބުނެފައެވެ. މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އަދި މި ފިލްމަށް ލިބުނު ކާމިޔާބީއާއެކު އޭނާގެ މާލީ ހާލަތުވެސް ވަނީ ރަނގަޅުވެފައެވެ.

ކާތިކު އާރިޔަން އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ނެރުނު ބިރުވެރި ކޮމެޑީ ފިލްމު "ބޫލް ބުލައްޔާ 3" އިންނެވެ. މި ފިލްމާމެދު އެކި މީހުންގެ ހިޔާލު ތަފާތުވެފައިވާއިރު، ބައެއް މީހުން ބުނީ މިއީ ވަރަށް ކަންނެތްކޮށް ލިޔެފައިވާ ފިލްމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން