އަކްޝޭ ކުމާރު- ގޫގުލް އިމޭޖެސް
އަކްޝޭ ކުމާރު- ގޫގުލް އިމޭޖެސް
ރާއްޖެ ބޮއިކޮޓު ކުރަން ގޮވި ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެއެވެ.

ގިނަގިނައިން ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ އަކްޝޭ ވަނީ މިއަހަރު ކުރީކޮޅު ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އައުން ހުއްޓާލައި މި ގައުމު ބޮއިކޮޓު ކުރަން ގޮވާލާފައެވެ. އޭނާ މިހެން އަމަލު ކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ލަކްޝަދީބުގެ ފަތުރުވެރިކަން އިސްތިހާރުކުރުމުން އިންޑިއާއަށް ނިސްބަތްކޮށް އެކްސްގައި ރާއްޖޭގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މަލާމާތްކުރި މައްސަލައާ ގުޅިގެންނެވެ.

އެގޮތުން އެކްސްގައި ތިބި އޭނާގެ އެތައް ފޮލޯވަރުންނަކަށް ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލަމުން އަކްޝޭ ބުނެފައިވަނީ އިންޑިއާގެ ފަތުރުވެރިން ވަރަށް ގިނައިން ރާއްޖެ އަންނަ ކަމަށާއި، ނަމަވެސް އެގައުމަށް ނިސްބަތްކޮށް ރާއްޖޭގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުން ދެއްކި ވާހަކަތަކުން ހައިރާންކަމެއް ލިބުނު ކަމަށެވެ. އަދި އެއީ "ރޭސިސްޓު އަދި ހޭޓްފުލް" ކޮމެންޓުތަކެއް ކަމަށާއި، އެންމެނަށްވެސް ގަދަރު ކުރަން ޖެހޭނެ ކަމަަށް އަކްޝޭ ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އަކްޝޭގެ އިތުރުން ބޮލީވުޑްގެ އެހެން ތަރިންވެސް ވަނީ ރާއްޖެ ބޮއިކޮޓު ކޮށް ޗުއްޓީ ހޭދަކުރަން ދާނެ އެހެން ތަންތަން ދިއުމަށް ގޮވާލާފައެވެ. ނަމަވެސް މިހާރު ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ފުރިހަމަވެ ވަރުގަދަ ވުމުގެ ސަބަބުން ބޮލީވުޑްގެ ތަރިން ވަނީ ރާއްޖެ ބޮއިކޮޓު ކުރުން ހުއްޓާލައި މިގައުމަށް އަންނަން ފަށާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމަހު އެއް ވަނަ ދުވަހު އަކްޝޭ ރާއްޖެ އައިސްފައިވާއިރު، އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ލަގްޒަރީ ރިސޯޓެއްގައެވެ. އަކްޝޭގެ މި ދަތުރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ފުރިހަމަ ވެގެން ގޮސްފައިވާ ކަމުގެ ހެއްކެއް ކަމަށް ވަރަށް ގިނަ މީހުން ދެކެއެވެ.

އަކްޝޭ ވަނީ ބޮއިކޮޓު ކުރަން ގޮވާލުމުގެ ކުރިން މިއަހަރުގެ ނިއު އިޔާ ފާހަގަ ކޮށް ޗުއްޓީ ހޭދަކުރުމަށްވެސް ރާއްޖެ އައިސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން