ބޮލީވުޑްގެ ތަރިން ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ޑެނިއެލް ވެބާ ރާއްޖޭގައި އެމީހުންގެ ކައިވެނީގެ ވައުދުތައް އާކޮށްފިއެވެ.
13 އަހަރު ކައިވެނި ކޮށްގެން ތިބުމަށްފަހު، ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ވަނީ އިއްޔެ ރާއްޖޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި ކައިވެނީގެ ވައުދުތައް އާކޮށްފައެވެ. ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ނޯއީ މޯލްޑިވްސް ކުނާވެށި ރިސޯޓުގައި ބޭއްވި މި ހަފްލާގައި އެމީހުންގެ ތިން ދަރިން ބައިވެރިވެފައި ވެއެވެ.
ކައިވެނީގެ ވައުދު އާކުރަން ބޭއްވި މި ކުޑަ ހަފްލާގައި ޑެނިއެލް، ސަނީ އަށް ސަޕްރައިޒެއްގެ ގޮތުގައި އާ އަނގޮޓިއެއްވެސް ދީފައިވާކަމަށް ސަނީގެ ވަރަށް ގާތް މީހަކާ ހަވާލާދީ އީޓައިމްސް އިން ވަނީ ރިޕޯޓު ކޮށްފައެވެ. އީޓައިމްސްގެ ރިޕޯޓުގައި ބުނީ މި ދެ ތަރިން ކައިވެނީގެ ވައުދުތައް އާކުރަން ބޭނުން ވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް މި ހަފްލާގައި ދަރިން ބައިވެރި ކުރަން ބޭނުން ވުމުން، އެކުދިންނަށް ކަމުގެ މުހިންމުކަން އެނގޭވަރަށް ބޮޑުވަންދެން މަޑުކުރީ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
އަދި ދަރިންނާއެކު މި ހަފްލާ ބާއްވަން ބޭނުން ވާތީ ސަނީ އާއި ޑެނިއެލް މިކަން ރާވާފައި ވަނީވެސް އެމީހުންގެ ދަރިންގެ ސްކޫލު ބްރޭކާ ދިމާކޮށެވެ. އަދި މިއީ އެކުދިންނަށް އާއިލާގެ މުހިންމު ކަން އަންގައި، ކައިވެނީގެ މާނަ ބުނެދޭންވެގެން ކުރި ކަމެއް ކަމަށްވެސް އީޓައިމްސްގެ ރިޕޯޓުގައި ވެއެވެ.
ކައިވެނީގެ ވައުދު އާކުރުމަކީ ވަރަށް ގިނަ ބޭރު ގައުމުތަކުގެ މީހުން ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު