އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން، އީސީގެ ރައީސާއި ނާއިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
އޭސީސީއާއި އީސީގެ އިސްވެރިން އައްޔަނުކުރުމާ ގުޅޭ އިސްލާހާ ގުޅޭ ދެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ މަހު އެވެ.
ގާނޫނުގައި މިހާރު ބަޔާންކޮށްފައި އޮންނަ ގޮތުން އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން ވޯޓުލައިގެންނެެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައިވާ ގޮތުން ދެ މުވައްސަސާގެ ވެރިންނަށް އައްުޔަނުކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި މަޖިލީހުން ފާސްކުރާ ބޭފުޅުން އެ މަގާމުތަކަށް އައްޔަނުކުރަން ޖެހޭނެ އެވެ.
އެ އިސްލާހުތަކާ ގުޅޭ ބަހުސް ނިންމައި އެ ދެ ބިލު ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކު އެވެ.
އެއާއެކު ދެ ބިލު އިތުރަށް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު