ކުޑައިރު މައިންބަފައިން މަރުވެ ޔަތީމަކަށް ވުމުގެ ސަބަބުން ދިރިއުޅުމުގައި ކުރިއަރައި ދިޔުމަށްޓަކައި ވަރަށް މަސައްކަތް ކުރަން ޖެހުނު ކަމަށް ބޮލީވުޑްގެ ބްލޮކްބަސްޓަރ ތަރި ޝާހުރުކް ޚާން ބުނެފިއެެވެ.
ޝާހުރުކް މިހެން ބުނީ ދުބާއީގައި ބޭއްވި ވޯލްޑު ގަވަމެންޓު ސަމިޓުގައި ދިން އިންޓަވިއުއެއްގައެވެ. އެގޮތުން އޭނާގެ މައިންބަފައިން މަރުވުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝާހުރުކް ބުނީ ކުޑައިރު މައިންބަފައިން މަރުވުމުން ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ޔަތީމަކަށް ވުމުގެ ސަބަބުން ދިރިއުޅުމުގައި މީހުން ގަބޫލުކުރާ ފަދަ މީހަކަށްވެ، ކުރިއެރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ކަމަށްވެސް ޝާހުރުކް ވަނީ ބުނެފައެވެ.
"ވަރަށް ކުޑައިރު މަންމައާއި ބައްޕަ މަރުވީ. ޔަތީމަކަށް ވުމުން ކުރިއެރުމަށް ބުރަކޮށް މަސައްކަތް ކުރިން." މި އިންޓަވިއުގައި ޝާހުރުކް ބުނެފައި ވެއެވެ.
އަދި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަން ފެށި އިރު ބޭނުންވީ މި އިންޑަސްޓްރީގައި ދެމިހުންނަ މީހަކަށް ވުމަށް ކަމަށްވެސް ޝާހުރުކް ވަނީ ބުނެފައެވެ. ނަމަވެސް މިހާރު ބޭނުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ކަމުދާފަދަ، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާ ގުޅޭފަދަ ފިލްމުތައް އުފެއްދުމަށް ކަމަށްވެސް ޝަހުރުކް ވަނީ ބުނެފައެވެ.
ޝާހުރުކް ވަނީ ހިންދީ ސިނަމާއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައެވެ. މިދިޔަ އަހަރު އެކަނިވެސް އޭނާ ވަނީ ތިން ހިޓު ފިލްމު ބެލުންތެރިންނަށް ގެނެސްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު