ބޮލީވުޑްގެ ތަރި ޝާހުރުކް ޚާން އަށް މަރުގެ އިންޒާރެއް ލިބިފައިވާ ކަމަށް މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވައިވަނީ ޝާހުރުކް ޚާން އަށް މަރުގެ އިންޒާރު ދީ ފައިސާ ހޯދުމަށް ބަންޑްރާ ފުލުހަށް މީހަކު ގުޅާފައިވާ ކަމަށާއި، އަދި އެއީ ކާކުކަން ވެސް މިހާރު ހޯދިފައިވާ ކަމަށެވެ. އެގޮތުން ބަންޑްރާ ފުލުހަށް ގުޅާފައިވަނީ ރައިޕޫރަށް ނިސްބަތްވާ ފައިޒާނު ނަމަކަށް ކިޔާ މީހެއް ކަމަށާއި، އޭނާ ވަނީ ޝާހުރުކް ސަލާމަތުން ބަހައްޓަން ބޭނުންވާނަމަ 50 ލައްކަ ރުޕީސް ހަވާލު ކުރުމަށް ބުނެފައި ކަމަށް ރިޕޯޓުގައި ވެއެވެ.
މިހާރު މި މައްސަލައިގެ ތަހުގީގު ފަށައި ބަންޑްރާ ޕޮލިހުގައި ކޭސް އެއް ފައިލު ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް މުމްބާއީ ފުލުހުންގެ ޓީމެއް ޖައިޕޫރަށް ގޮސްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. ނަމަވެސް މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މިއީ ޝާހުރުކް އަށް މަރުގެ އިންޒާރު ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ގައި ނެރުނު ޝާހުރުކްގެ ފިލްމު "ޕަތާން" އާއި "ޖަވާން" އަށް ލިބުނު ކާމިޔާބީތަކަށް ފަހުވެސް އޭނާއަށް ވަނީ މަރުގެ އިންޒާރުތަކެއް ލިބިފައެވެ. އަދި އެކަމުގެ ސަބަބުން ޝާހުރުކްގެ ވަށައިގެން ވަނީ ސެކިއުރިޓީ ވެސް ގާއިމް ކޮށްފައެވެ.
ދާދި ފަހުން ބަޑީގެ ހަމަލާއެއްގައި މަރުވި އިންޑިއާގެ ސިޔާސީ ފަރާތެއް ކަމަށްވާ ބާބާ ސިއްދީގީ އަކީ ޝާހުރުކްގެ ވަރަށް ގާތް މީހެކެވެ. މިކަމުގެ ސަބަބުންނާއި، ޝާހުރުކްގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމުގައިވާ ސަލްމާން ޚާން އަށް ކެނޑިނޭޅި ލިބެމުންދާ މަރުގެ އިންޒާރުތަކުގެ ސަބަބުން މުމްބާއީ ފުލުހުން ދަނީ މި މައްސަލަވެސް ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ބަލައި ތަހުގީގު ކުރަމުންނެވެ. އަދި މިހާރު ޝާހުރުކްގެ ވަށައިގެންވާ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު