ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސް ގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ ކެރެކްޓަރަކީ އަޖޭގެ "ސިންގަމް" އެއް ނޫން ކަމަށް ރޯހިތު ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން މެޝެބަލް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާގެ ކޮޕް ޔުނިވާސް ކެރެކްޓަރުތަކާ ބެގޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އަދި އޭނާއަށް އެންމެ ކަމުދާ ކެރެކްޓަރަކީ ރަންވީރު ސިންގުގެ "ސިމްބާ" ކެރެކްޓަރ ކަމަށްވެސް ރޯހިތު ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ "ސިމްބާ" ކެރެކްޓަރަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ކެރެކްޓަރެއް ކަމަށެވެ. އަދި 2018 ގައި އެ ފިލްމު ރިލީޒް ކުރަން ފިލްމުގެ އެންމެ ފަހު އެޑިޓުތައް ކުރި އިރުވެސް އޭނާއަށް އެކަން ޔަގީންވެގެން ދިޔަ ކަމަށް ރޯހިތު ވަނީ ބުނެފައެވެ.
ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމުތަކަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ހިޓު ފިލްމު ތަކެކެވެ. އެގޮތުން ބަލާއިރު ދާދި ފަހުން ނެރުނު "ސިންގަމް އެގެއިން" އަށްވެސް ދަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީ އެއް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު