ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ގެ ފަރަާތުން ބޮލީވުޑްގެ ހުރިހާ ހަބަރެއް ނުވަތަ ގޮސިޕެއް އެނގޭ ކަމަށް އަޖޭ ދޭވްގަން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި "ސިންގަމް އެގެއިން" ގައި ތަފާތު އެކި ތަރިންނާއެކު މަސައްކަތް ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެއީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި ކަރީނާގެ ފަރަަތުން ބޮލީވުޑްގައި ހިނގާ ހުރިހާ ކަމެއް އެނގިގެންދާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ކަރީނާއަށް ދުނިޔޭގަ ލެއްވިހާ ގޮސިޕެއް އެނގޭ ކަމަށްވެސް އަޖޭ ވަނީ ބުނެފައެވެ.
"ގިނަ ތަރިންނާއެކު މަސައްކަތް ކުރުމަކީ ވަރަށް ނޯމަލް ކަމެއް. ސެޓުގައި ރަންވީރު އުޅުނީ ހުސް ބޭކާރު ވާހަކަތައް ދައްކައި ވަގުތު ދުއްވާލުމުގައި. ބޭބޯގެ ފަރަާތުން މި ދާއިރާގެ ހުރިހާ ގޮސިޕެއް ލިބޭ." އަޖޭ މި އިންޓަވިއުގައި ބުނެފައިވެއެވެ.
އަޖޭ އާއި ކަރީނާ ވަނީ މީގެ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން މި ދެ ތަރިން އެކުގައި ފެންނަ ފިލްމުތަކުގެ ތެރޭގައި އޯމްކާރާ، ގޯލްމާލް ރިޓާންސް އަދި ގޯލްމާލް 3 ފަދަ ފިލްމުތައް ހިމެނެއެވެ.
މި މަހު ނެރުނު "ސިންގަމް އެގެއިން" ގެ ލީޑުންވެސް ފެނިފައިވަނީ އަޖޭ އާއި ކަރީނާއެވެ. މި ފިލްމު ނެރުނުތާ ހަފްތާއެއް ތެރޭގައި ވަނީ 250 ކަރޯރު ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު