ދަރިމައިވުމަށް އުނދަގޫވާނަމަ ކުރަންވީ ބައެއް ކަންތައް- ގޫގުލް އިމޭޖެސް
ދަރިމައިވުމަށް އުނދަގޫވާނަމަ ކުރަންވީ ބައެއް ކަންތައް- ގޫގުލް އިމޭޖެސް
މާބަނޑުވުމަށް އުނދަގޫ ވުމަކީ ވަރަށް ގިނަ އާއިލާތަކުގެ މީހުންނަށް ދިމާވާ ވަރަށް ހިތާމަވެރި ހާލަތެކެވެ. މިކަމުގެ ސަބަބުން ބައެއް އާއިލާތައް ރޫޅި، އާއިލާގައި މައްސަލަތައްވެސް ދިމާވެއެވެ. މިކަމަކީ ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯސިސް ފަދަ ސިއްހީ މައްސަލަތަކުގެ ސަބަބުން ދިމާވާ ކަމެކެވެ.

ދަރިމައިވުމަށް އުނދަގޫވާނަމަ ދިރިއުޅުމުގެ ބައެއް ކަންތައްތަކަށް ބަދަލު ގެނައުމުންވެސް ބައެއް ފަހަރު އެކަން ހައްލު ވެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ދަރިމައިވުމުގެ ފުރުސަތު އިތުރު ކުރަން ބޭނުންވާނަމަ ކުރެވިދާނެ ބައެއް ކަންކަމެވެ.

އެންޓިއޮކްސިޑެންޓު ހިމެނޭ ކާނާ ބޭނުން ކުރުން

ކެއުމުގައި ގިނައިން އެންޓި-އޮކްސިޑެންޓު ހިމެނޭ ބާވަތްތައް ބޭނުން ކުރުމަކީ ދަރިމައިވުމުގެ ފުރުސަތުތައް އިތުރު ކޮށްދޭ ކަމެކެވެ. ހަށިގަނޑުގައި ހިމެނޭ ފްރީ ރެޑިކަލްތަކަކީ ދަރި ފަނި އަދި ބިސް ހަލާކު ކުރާ އެއްޗެހި އެވެ. އެންޓި-އޮކްސިޑެންޓުތައް ބޭނުން ކުރުމުން ފްރީ ރެޑިކަލްތައް ޑީއެކްޓިވޭޓުވެ، އޭގެ ސަބަބުން ދަރިމައިވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން މާބަނޑު ވުމުގެ ފުރުސަތު އިތުރު ކުރަން ބޭނުންވާނަމަ ކެއުމުގައި ވިޓަމިން ސީ، އީ، ފޮލޭޓު، އަދި ބީޓާ ކެރޮޓީން އެކުލެވޭ ބާވަތްތައް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކަސްރަތު ކުރުން

ކަސްރަތު ކުރުމަކީވެސް ދަރިމައިވުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ. މީހާ މާ ބޮޑަށް ފަލަވުމަކީ ދަރިމައިވުމަށް ހުރަސް އެޅޭ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ކޮންމެވެސް ވަރަކަށް ކަސްރަތު ކޮށް، ބަރުދަން ލުއިކުރަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފައިބާ ހިމެނޭ އެއްޗެހި ބޭނުން ކުރުން



ކެއުމުގައި ފައިބާ ހިމެނޭ އެއްޗެހި ބޭނުން ކުރުމަކީވެސް ދަރިމައިވުމުގެ ފުރުސަތު އިތުރު ކޮށްދޭ ކަމެކެވެ. 2020 ގައި ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ޝާއިއު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ފައިބާގެ ބާވަތްތައް ބޭނުންކުރާވަރު އިތުރުކޮށް ހަކުރު ބޭނުންކުރާ ވަރު މަދު ކުރުމަކީ މާބަނޑު ވުމުގެ ފުރުސަތުތައް އިތުރު ކޮށްދޭ ކަމެކެވެ. އެހެންކަމުން މާބަނޑު ވުމަށް މަސައްކަތް ކުރާނަމަ ކޮންމެ ދުވަހަކުވެސް ކެއުމުގައި ތަރުކާރީ އާއި މޭވާ ފަދަ ފައިބާ އެކުލެވޭ އެއްޗެހި ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މަސްދަރު: ހެލްތުލައިން



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން