ޣައްޒާގައި ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަށް ހަމަލާދީ ނިރުބަވެރި އިސްރާއީލުން އެ ސަރަހައްދުގައި ހިމާޔަތް ހޯދަމުން ދިޔަ މީހުންގެ ތެރެއިން 40 މީހުން މަރާލައިފިއެވެ.
ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި ފަލަސްދީނުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް އަދިވެސް ހުއްޓުމަކަށް ގެނެސްފައި ނުވާއިރު މިފަހަރުގެ ހަމަލާގައި މަރާލާފައި ވަނީ އެގައުމުގެ އާންމު ރައްޔިތުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ކުރިން "ރައްކާތެރި ސަރަހައްދެއްގެ" ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަށް ހަމަލާދީފައި ވަނީ ޑްރޯން އެއް ބޭނުންކޮށްގެންނެވެ.
މިދިޔަ އަހަރު ހަނގުރާމަ ފެށި ފަހުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 43،603 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
އިސްރާއީލުން މި ހަމަލާތައް ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. ހަމާސް އިސްވެ އޮވެ ފެށި މި ހަމަލާތަކުގައި އިސްރާއީލުގެ ދެކުނުން 1،139 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު