އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުން ދަނީ ޣައްޒާ ރައްޔިތުންގެ ކުރިމަތީގައި އެމީހުންގެ އާއިލާގެ މެމްބަރުން ދަންޖައްސައި މަރައި އަންދަމުން ކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ޗީފް ޖޮއިސް މުސުޔާ ސަލާމަތީ މަޖިލީހުގައި ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި މިހާރު އެއްވެސް ހައްދެއް ނެތް ކަމަށާއި އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާ ކަމަށެވެ.

އިސްރާއީލުން ހިންޖާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން ނިރުބަވެރި އެ ޖަމާއަތުގެ ސިފައިން ދަނީ ޣައްޒާއަށް ގައުމުތަކުންނާއި އަމިއްލަ ޖަމާއަތްތަކުން ފޮނުވަމުންދާ އިންސާނީ އެހީތަކަށް ވެސް ހުރަސްއަޅަމުން ކަމަށް އދ. އިން ބުނެއެވެ.

ހަނގުރާމައަށް ނިމުމެއް އަންނާނެ ދުވަހެއްވެސް ނޭނގޭ އިރު މިހާރުވެސް ޣައްޒާގައި އެއްވެސް ގޮތަކަށް ކާނާ އާއި ފެން ނުލިބި 75،000 މީހުން ތިބިކަމަށް ޖޮއިސް މުސުޔާ ވަނީ ވިދާޅުވެފައެވެ.

ޖޮއިސް މުސުޔާ ވިދާޅުވީ ފަލަސްދީން-އިސްރާއީލް ހަނގުރާމައަށް އަހަރަކަށްވުރެ ގިނަ ދުވަސް ވީއިރު ފަލަސްދީނުގެ އާބާދީގެ 70 އިންސައްތަ މީހުންގެ ބޯހިޔާވަހިކަން ގެއްލިފައިވާ ކަމަށެވެ. އަދި އެގައުމުގެ ސިއްހީ ނިޒާމު އެއްކޮށް ކަހަލަ ގޮތަކަށް މިހާރު ފުނޑުފުނޑުވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފައެވެ.

ޣައްޒާގައި އިސްރާއީލުން ހިނގި ނަސްލު ނައްތާލުމުގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން 43،665 ފަލަސްތީނު މީހުން މަރުވެ 103،076 މީހުން ވަނީ ޒަޚަމްވެފައެވެ. އެ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން