އަބޭ ޑިއޯލް- ގޫގުލް އިމޭޖެސް
އަބޭ ޑިއޯލް- ގޫގުލް އިމޭޖެސް
ޑިއޯލް އާއިލާގެ އަންހެނުންނަށް ފިލްމީ ދާއިރާގައި އެކްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައެއް ނެތް ކަމަށް އަބޭ ޑިއޯލް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން ފިލްމްފެއާއަށް ދިން އިންޓަވިއުއެއްގައި އޭނާގެ އާއިލާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އަބޭ ބުނެފައިވަނީ އޭނާ އުފަންވެފައިވަނީ ވަރަށް "ކޮންޒަވޭޓިވް" އާއިލާއަކަށް ކަމަށާއި، ޑިއޯލް އާއިލާގެ މީހުންގެ ކިބައިގައި ހުންނަނީ ވަރަށް ބޯދާ ވިސްނުން ކަމަށެވެ.

އަދި އެ އާއިލާގެ އަންހެނުންނަށް ވަޒީފާ އަދާކުރުމުގެ ހުއްދަ ލިބުނު ކަމުގައިވީނަމަވެސް ފިލްމީ ދާއިރާގައި އެކްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ނުލިބޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެންމެ ކުޑައިރުއްސުރެވެސް އެމީހުން ފިލްމީ ޕާޓީތަކާއި ފިލްމު އިންޑަސްޓްރީއާއި ދުރުން ގެންގުޅެފައިވާ ކަމަށްވެސް އަބޭ ވަނީ ބުނެފައެވެ.

އަބޭ އިތުރަށް ބުނީ އޭނާގެ އާއިލާއިން މިފަދަ ފިޔަވަޅުތައް އަޅާފައިވަނީ އެމީހުންނަކީ ކުޑަ އަވަށަކަށް ނިސްބަތްވާ ބަޔަކަށް ވުމުން، އެމީހުންގެ ރައްކާތެރި ކުރުމަށް ކަމަށެވެ. އަދި އެކަން ކުޑައިރު އިހުސާސް ނުކުރެވުނީ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ޑިއޯލް އާއިލާއަށް ބަލާއިރު، އަބޭ ޑިއޯލް އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިންކަމަށްވާ ބޮބީ ޑިއޯލް، އަދި ސަނީ ޑިއޯލްގެ ބައްޕަ އަދި ވެޓެރަން އެކްޓަރ ދަރްމެންދްރާ އަށް ބޮޑުބޭބެ ކިޔާ ފަރާތެކެވެ.

2005 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފްވެގެންދިޔަ އަބޭ ދެން އެންމެ އަވަހަށް ފެންނާނީ ފިލްމު "ބުން ޓިއްކީ" އިންނެވެ. މި ފިލްމުގެ ޝޫޓުތައް މިހާރު ނިމިފައިވާއިރު، އަބޭ އާއެކު މި ފިލްމުން ދެން ފެންނާނީ ޝަބާނާ އަޒްމީއާއި ޒީނަތު އަމަން އެވެ. މި ފިލްމު ނެރޭ ދުވަހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން