ޔަމަނުގެ އައްސޭރިފަށުން ދަތުރުކުރަމުން ދިޔަ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކަށް އަނެއްކާވެސް ޙޫޘީން މިސައިލް، ޑްރޯން ހަމަލާތަކެއްދީފިއެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ޔަމަނުގެ އައްސޭރިފަށުން ދަތުރުކުރަމުން ދަނިކޮށް ޙޫޘީ ހަނގުރާމަވެރިންގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާކަން އެމެރިކާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ހަމަލާގައި ޙޫޘީންގެ ހަތިޔާރު އެޅި ޖަމާއަތުން ވަނީ އެމެރިކާގެ މަތިންދާބޯޓު އުފުލާ ބޯޓު އަބްރަހަމް ލިންކަން އާއި އެމެރިކާގެ ދެ ޑިސްޓްރޯޔަރަށް ހަމަލާދީފައެވެ.

ޕެންޓަގަންގެ ތަރުޖަމާނު އެއާފޯސްގެ މޭޖަރ ޖެނެރަލް ޕެޓްރިކް ރައިޑާ އަންގާރަ ދުވަހު ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ފައުޖުތަކުން ރަތްކަނޑާއި ގަލްފާއި ގުޅުވައިދޭ ބާބުލްމަންދިބް ސްޓްރެއިޓްގެ ސަރަހައްދުގައި އީރާނުގެ ތާއީދު ލިބިފައިވާ ޙޫޘީންގެ އެތައް ހަމަލާތަކަކަށް ރައްދު ދީފައިވާ ކަމަށެވެ. ނަމަވެސް މި ރައްދު ހަމަލާތަކުންވެސް އެމެރިކާގެ ސިފައިން ކާމިޔާބު ނުވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙޫޘީން ވަނީ ރަތްކަނޑު ހުރަސް ކުރަން މަސައްކަތްކުރި ޔަމަނުގެ ދުޝްމަން ގައުމުތަކުގެ 90 އަށް ވުރެ ގިނަ އުޅަނދަށް ހަމަލާދީފައެވެ.

ޙޫޘީން މި ހަމަލާތައް ދެމުންދަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ނިމުމަކަށް ގެނައުމަށް އެމެރިކާއަށް މަޖުބޫރުކުރުމުގެ ގޮތުންނެވެ. އަދި އިސްރާއީލަށް އެންމެ ގިނަ އެހީ ފޯރުކޮށްދޭ އެމެރިކާއާއި މިފަދަ އެހެން ގައުމުތަކުގެ އުޅަނދު ތަކަށްވެސް ޙޫޘީންގެ ހަމަލާތައް އަމާޒުވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން