ބޮލީވުޑްގެ ސުޕަސްޓާ ޝާހުރުކް ޚާންގެ ފިލްމު "ބާޒީގަރު" ގެ ސީކުއެލް އެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އެގޮތުން އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި 1993 ގައި ނެރުނު ތުރިލާ ފިލްމު "ބާޒީގަރު" ގެ ޕްރޮޑިއުސަރު ރަތަން ޖެއިން ވަނީ މި ފިލްމުގެ ސީކުއެލްއެއް އުފައްދަން ނިންމާފައިވާކަމަށް ބުނެފައެވެ. އަދި މިހާރު "ބާޒީގަރު 2" އުފެއްދުމާ ބެހޭ ގޮތުން ފިލްމުގެ ލީޑު ތަރި ޝާހުރުކް އާ ވާހަކަ ދެކެވެމުން ދާކަަމަށްވެސް އީޓައިމްސް އަށް ދިން އިންޓަވިއުގައި ރަތަން ވަނީ ބުނެފައެވެ. އަދި ފިލްމުގެ ސްކްރިޕްޓު ލިޔަން ފަށާފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"ބާޒީގަރު 2 އުފެއްދުމާ ބެހޭ ގޮތުން ޝާހުރުކް އާ ވާހަކަ އެބަ ދެކެވޭ. ފިލްމާ ބެހޭ ހުރިހާ ނިންމުންތަކެއް އަދި ނުނިންމޭ. އެކަމަކު މި ފިލްމު އުފައްދާނަން" ރަތަން ވަނީ އީޓައިމްސް އަށް ދިން އިންޓަވިއުގައި ބުނެފައެވެ. އަދި މި ޕްރޮޖެކްޓާއިގެން ކުރިއަށް ދާނީ ޝާހުރުކް އޭނާގެ ރޯލު ކުޅެން އެއްބަސްވާނަމަ ކަމަށްވެސް ރަތަން ވަނީ ބުނެފައެވެ.
ނޮވެމްބަރު 12، 1993 ގައި ރިލީޒް ކުރި ހިންދީ ފިލްމު "ބާޒީގަރު" އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ވަރަށް ހިޓު ފިލްމެކެވެ. މި ފިލްމުގައި ޝާހުރުކް ކުޅެފައިވަނީ އެންޓި-ހީރޯ ރޯލެއް ކަމަށްވީނަމަވެސް، އޭނާ ކުޅުނު ރޯލު އެތައް ބައެއްގެ މެދުގައި މަގުބޫލު ވެގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު