އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ މީހުންނަކީ ރޭގަނޑުގެ ނިދި ނަގާލުމަށްފަހު ލާރި ހޯދުމަށްޓަކައި ދަންވަރު މަސައްކަތް ކުރާ މީހުންނެވެ. މިގޮތަށް ދަންވަރު ވަގުތު މަސައްކަތް ކުރުމަކީ އޭގެ ސަބަބުން އެމީހަކަށް ސިއްހީ އެތައް މައްސަލައެއް މެދުވެރިވާ ކަމެއް ކަމަށް ބައެއް ދިރާސާ ތަކުން ބުނެއެވެ.
ދަންވަރު ވަޒީފާ އަދާ ކުރާ މީހުންނަށް އެހެން މީހުންނާ އަޅާކިޔާއިރު މެޓަބޮލިކް ޑިސްއޯޑާ ތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަން މިހެން ވަނީ ރޭގަނޑު ދަންވަރު ވަޒީފާ އަދާ ކުރާނަމަ އެކަމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ މަސައްކަތްތަކަށް ބުރޫ އަރާތީއެވެ. އަދި އޭގެ ސަބަބުން ސާކޭޑިއަމް ރިދަމް އަށް އަސަރުކޮށް، މީހާގެ ހޯމޯނުތަކަށްވެސް ބަދަލު އާދެއެވެ.
އަދި ދަންވަރު ވަޒީފާ އަދާކުރާ މީހުންނަށް ނިދުމާ ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. ދަންވަރު ވަޒީފާ އަދާ ކުރަން ޖެހޭ މީހުންނަށް ރޭގަނޑުގެ އަރާމު ނިންޖެއް ނުލިބެއެވެ. އަދި އޭގެ ސަބަބުން އެމީހުންގެ ނިންޖަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ބައެއް ހާލަތްތަކުގައި މި މީހުންނަށް އިންސޮމްނިއާ ވެސް ޖެހެއެވެ.
މީގެ އިތުރުން ދަންވަރު ހޭލާހުރެ ވަޒީފާ އަދާ ކުރާ މީހުންނަށް ހިތުގެ ބަލިތައްވެސް ޖެހުމުގެ ފުރުސަތު ބޮޑެވެ. މިކަން މިހެން ވަނީ ރޭގަނޑު މަސައްކަތް ކުރާ މީހުންގެ ސާކޭޑިއަމް ރިދަމް އަށް ބުރޫ އަރައި، ހަށިގަނޑުގައި ލޭ ދައުރުވާ މިންވަރަށް އަސަރު ކުރާތީއެވެ. އަދި މިކަމުގެ ސަބަބުން ހާޓް އެޓޭކާއި ސްޓްރޯކު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ދަންވަރު ވަޒީފާ އަދާ ކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއް ކަމުގައި ވީނަމަވެސް އަދާކުރާ ވަޒީފާގެ ގޮތުން ބައެއް މީހުންނަށް މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެންކަމުން ދަންވަރު ވަޒީފާ އަދާކުރާ މީހުން އެމީހުންގެ ސިއްހަތާމެދު ވިސްނައި ސަމާލުވާން ޖެހެއެވެ. އަދި ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ލިބޭތޯ ބަލަން ވަރަށް މުހިންމެވެ.
މަސްދަރު: ޓައިމްސްއޮފްއިންޑިއާ

ކިޔުންތެރިންގެ ހިޔާލު