ޗޮކްލެޓު ކެއުމުން މައިގްރެއިން އެތޭކު ޖެހޭ- ގޫގުލް އިމޭޖެސް
ޗޮކްލެޓު ކެއުމުން މައިގްރެއިން އެތޭކު ޖެހޭ- ގޫގުލް އިމޭޖެސް
މައިގްރެއިން އަކީ ވަރަށް ގިނަ މީހުން ތަހައްމަލު ކުރާ ބައްޔެކެވެ. މައިގްރެއިން ގެ ސަބަބުން ބޮލުގައި ރިއްސައި، ހޮޑުލެވި އަދި މިނޫނަސް އެތައް ސިއްހީ މައްސަލައެއް ދިމާވެއެވެ. ބައެއް ކަހަލަ ކާބޯތަކެތި ބޭނުން ކުރުމުންވެސް މައިގްރެއިން އެޓޭކެއް ޖެހިދާނެއެވެ.

އެހެންކަމުން މިފަހަރު މި ހިމަނާލަނީ މައިގްރެއިން ޖެހުމަށް މެދުވެރި ކުރުވާ ބައެއް ކެއުމުގެ ބާވަތްތަކެވެ.

ދުވަސްވެފައިވާ ޗީޒް

ފެޓާ އަދި ބްލޫ ޗީޒް ފަދަ ދުވަސްވެފައިވާ ޗީޒުގެ ބާވަތްތަކަކީ މައިގްރެއިން އެޓޭކު ޖެހުމަށް މެދުވެރި ކުރުވާ ބާވަތްތަކެވެ. މިފަދަ ޗީޒް ތަކަކީ އޭގައި ޓައިރެމިން ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ ބާވަތްތަކެވެ. މި މާއްދާއަކީ މައިގްރެއިން އެޓޭކު ޖެހުމަށް މެދުވެރި ކުރުވާ މާއްދާއެކެވެ. އެހެންކަމުން މައިގްރެއިން ހުންނަ ނަމަ މިފަދަ އެއްޗެހި ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ.

ބަންދު ކޮށްފައި ހުންނަ މަހުގެ ބާވަތްތައް

ސޮސެޖު އަދި ބީފް ފަދަ ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތައް ކެއުމުންވެސް މައިގްރެއިން އެޓޭކެއްް ޖެހުން އެކަށީގެންވެއެވެ. މިފަދަ މަހުގެ ބާވަތްތައް ބަންދު ކުރާއިރު އޭގެ ރަހައާއި ވަހަށް ބަދަލު ނާންނާނެހެން ނައިޓްރޭޓްސް ބޭނުން ކުރެއެވެ. މި އެއްޗެހި ކެއުމުން ލޭގެ ތެރެއަށް ނައިޓްރިކު އެސިޑު ދޫވެ، އޭގެ ސަބަބުން ސިކުނޑީގައި ހުންނަ ލޭނާރުތައް ފުޅާވެއެވެ. އަދި އޭގެ ސަބަބުން މައިގްރެއިން އެޓޭކު ޖެހުމަށް މެދުވެެރިވެއެވެ.

ޗޮކްލެޓު

ޗޮކްލެޓަކީވެސް މައިގްރެއިން އެޓޭކު ޖެހުމަށް މެދުވެރި ކުރުވާ އެއްޗެކެވެ. ޗޮކުލެޓަކީ ގިނަ އަދަދަކަށް ކެފެއިން އާއި ބީޓާ ފެނިލެތެލެމިން ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ދެ މާއްދާއަކީވެސް މައިގްރެއިން އެޓޭކު ޖެހުމަށް މެދުވެެރި ކުރުވާ މާއްދާތަކެކެވެ.

މަސްދަރު: ހެލްތުލައިނު


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން