ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެމަފިރިންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަވައްޓެރި އިންޑިއާއަށް ނިސްބަތްވާ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެކެވެ. ރާއްޖެއަށް 2.05 ކިލޯގެ ހެރޮއިން އެތެރެކުރި ތުހުމަތުގައި ހައްޔަރުކޮށްފައިވާ މި ދެމީހުންގެ ބަންދައްވެސް ކްރިމިނަލް ކޯޓުން ވަނީ އިތުރު 30 ދުވަސް ޖަހައިފައެވެ.
މި މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މި ދެ މީހުން މެލޭޝިއާއިން ރާއްޖެ އައި ތަނުން އެމީހުންގެ ލަގެޖު ފާސްކުރުމުގެ ތެރޭގައެވެ.
އެމީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީއެވެ. އަދި އެ ދެމަފިރިން ރާއްޖެ ގެނައި ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާކަން ވެސް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ޝަރީއަތުގެ ބަންދު މަޖިލީހުގައި މީގެކުރިން މި ދެ މީހުން ވެސް ވަނީ އެއީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށާއި، ލަގެޖް ޗެކްކުރިއިރު އެއްވެސް އެއްޗެއް ނެތް ކަމާއި، އޭގައި އެއްވެސް އެއްޗެއް ފޮރުވާފައި ހުރިކަން ނޭނގޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު