މަރާމާތުކޮށްދިނުމަށް ފަހު ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު އެ މިިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ މަސްފެންގަނޑު މަރާމާތުކުރަން ފެށީ މިދިޔަ މަހު އެވެ.
އަދި މަސައްކަތުގެ ނިމުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އަދި އެ މަސައްކަތް ނިމުނުކަމުގެ ލިޔުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ހަވާލުކޮށްދެއްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ސްޓެލްކޯއިން އެ މަސްފެންގަނޑު މަރާމާތުކޮށް އަލުން ހެދީ ކުރިއަށް ވުރެ މާ ރީއްޗަށް ކަަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިސްލާމީ މަރުކަޒުގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އަދި އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ މަސައްކަތްކުރީ އާންމުކޮށް އިއުލާންކޮށްގެން އެ މަސްފެންފަނޑު މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
ނަމަވެސް ފާޑުކިއުންތައް މާ ބޮޑަށް އަމާޒުވުމުން އެ އިއުލާން ބާތިލުކުރީ އެވެ. ނަމަވެސް ފަހުން އެ މަސައްކަތްކޮށްދޭން ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކުރުމުން އެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރީ އެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ އިރު އެ ޖަލްސާ ބޭއްވުމުގެ ކުރިން ސްޓެކޯއިން އެ މަސްފެންގަނޑު މަރާމާތުކޮށްދިނުމުން އެކަން ފާހަގަކޮށް އިސްލާމިކް މިނިސްޓަރު ވަނީ ސްޓެލްކޯއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު