ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭއާރު ރަހްމާނު އާއި އޭނާގެ އަނބިމީހާ ސައިރާ ވަނީ އެދެމީހުންގެ ކައިވެނި ރޫޅާލަން އުޅޭ ކަމަށް ބުނެ ދާދި ފަހުން ބަޔާނެއް ނެރެފައެވެ.
29 އަހަރަށްފަހު މި ދެމެފިރިން ވަކިވާން ނިންމުމުން އެތައް ބައެއްގެ ސަމާލުކަން މިކަމަށް ލިބި ތަފާތު އެކި މީހުން ދަނީ އެކި ގޮތްގޮތަށް ވާހަކަ ފަތުރަމުންނެވެ. މިކަމުގެ ސަބަބުން ސައިރާގެ ގާނޫނީ ވަކީލު ވަންދަނާ ޝާހު ވަނީ އޭއާރް ރަހްމާނު އާއި ސައިރާ ވަކިވާން ނިންމި ސަބަބު މީޑިޔާތަކާ ހިއްސާ ކޮށްފައެވެ.
އެގޮތުން ވަންދަނާ ބުނެފައިވަނީ އެދެމެފިރިން ދެމެދު އޮތް ގުޅުން ހީނަރުވެފައިވާތާ ވަރަށް ދުވަސްވެފައިވާ ކަމަށާއި، ވަކިވާން ނިންމީ މި ސަބަބާ ހުރެ ކަމަށެވެ. އަދި މިއީ އޭއާރު އާއި ސައިރާ ވާހަކަ ދައްކާފައި ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އަދި މި ދެމީހުންގެ ވަކިވުމަކާއި ރަހްމާނުގެ ބޭސިސްޓު މޯހިނީ އޭނާގެ ފިރިމީހާއާއި ވަކިވާން ނިންމުމަކާ އެއްވެސް ގުޅުމެއް ނުވާ ކަމަށްވެސް ވަންދަނާ ވަނީ ބުނެފައެވެ.
އޭ އާރު އާއި ސައިރާ ވަކިވާން ނިންމިކަން އަންގާފައިވަނީ މިދިޔަ އަންގާރަ ދުވަހު ނެރުނު ޖޮއިންޓު ސްޓޭޓްމެންޓެެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު