ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާ ކަޕޫރު ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ އެހާ ގިނަ ފިލްމުތަކުގައި އެއްފަހަރު މަސައްކަތް ނުކުރާ، ނުވަތަ ޖެހިޖެހިގެން ފިލްމުތައް ނުކުޅޭ ސަބަބު ހާމަ ކޮށްފައެވެ.
އެގޮތުން އެލް އާއެކު ދާދި ފަހުން ކުރިއަށް ދިޔަ އިންޓަވިއުއެއްގައި ޝްރައްދާ ބުނެފައިވަނީ އެހާ ގިނަ ފިލްމުތަކުގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، އޭނާ މަސައްކަތް ކުރަނީ އޭނާ ބޭނުންވާ ގޮތައް ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރަނީ އޭނާގެ ހިތް ބުނާ ގޮތަށް ކަމަށްވެސް ޝްރައްދާ ވަނީ ބުނެފައެވެ.
މި އިންޓަވިއުގައި ޝްރައްދާ ވަނީ އޭނާ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުތް އިރު ކުރިމަތިވި ދަތިތައްވެސް ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ވަރަށް ގިނަ އޮޑިޝަންތަކަށް އޭރު ދާކަމަށާއި، ނަމަވެސް ރޯލުތައް ނުލިބޭ ކަމަށެވެ. އަދި ބައެއް ފަހަރު ރޯލުތައް ދީފައިވެސް ފަހުން އެ ރޯލު އެހެން އެކްޓަރުންނަށް ދޭ ކަމަށްވެސް ޝްރައްދާ ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން އޭރު ވަރަށް މާޔޫސްވާ ކަމަށްވެސް ޝްރައްދާ ވަނީ ބުނެފައެވެ.
ޝްރައްދާ އެންމެ ފަހުން ފެނިފައިވަނީ މި އަހަރު ނެރުނު ފިލްމު "ސްޓްރީ 2" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު