މަރްޔަމް ނަހްދާ ވަޙީދު   22 ނޮވެމްބަރު 2024 - 3:21
ސްމޫތީ ބޮނީ- ގޫގުލް އިމޭޖެސް
ސްމޫތީ ބޮނީ- ގޫގުލް އިމޭޖެސް
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބަރުދަނަށް ބަލައި ބަރުދަން ލުއިކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަން އެންމެ ފަސޭހަކަމާއެކު ހާސިލް ކުރެވޭނީ މީހާގެ ކެއިން ބުއިމުގެ އާދަތަކަށް ބަދަލުތައް ގެނެސްގެންނެވެ.

ތިރީގައި މި ހިމަނާލަނީ ބަރުދަން ލުއިކޮށް މީހޭގެ ސިއްހަތު ރަނގަޅު ކުރަން ބޭނުންވާނަމަ ތައްޔާރު ކުރެވިދާނެ ބައެއް ސްމޫތީތަކެވެ.

އެވަރގްރީން ސްމޫތީ

މި ސްމޫތީ ތައްޔާރު ކުރުމަށް ބޭނުންވާނީ 1 ޖޯޑު ސްޕިނެޗް، 1/2 ޖޯޑު ކިއުކަމްބާ، މިންޓް ފަތާއި، އަދި ލުނބޯ ހުތެވެ. އެގޮތުން ސްމޫތީ ތައްޔާރު ކުރުމަށް ހުރިހާ އެއްޗެއް މިކްސަރަށް އެޅުމަށްފަހު އޭގެ ތެރެއަށް ކުޑަ ލޮނުކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށްލާނީއެވެ. ހެނދުނު މި ސްމޫތީ ބުއިމުން ހަށިގަނޑުގައި ހުންނަ ކެލޮރީތައް ވިރި އޭގެ ސަބަބުން ބަރުދަން ލުއިވެއެވެ.

ގޯލްޑެން ގްލޯ ސްމޫތީ

މި ސްމޫތީ ތައްޔާރު ކުރުމަށް ބޭނުންވާނީ ގާނާފައި ހުރި ކެރެޓު، ރީނދޫ، އިނގުރު، ފަޅޯ އަދި އޮރެންޖެވެ. މި ސްމޫތީ ތައްޔާރު ކުރުމަަށްޓަކައި މި ހުރިހާ އެެއްޗެއް މިކްސަރުން ރަނގަޅަށް އެއްކޮށްލާނީއެވެ. މިއީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗެއް ކަމުން، މި ބުއިމުން ހަޖަމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުވެ ކާއެއްޗެހި ފަސޭހަކަމާއެކު ހަޖަމުވެއެވެ. އަދި އޭގެ ސަބަބުން ބަރުދަން ލުއިވެ، މީހާގެ ސިއްހަތު ރަނގަޅު ވެއެވެ.

ޗައި ސްޕައިސް ސްމޫތީ

މިއީ ސައި ކަމުދާ މީހުންނަށް ވަރަށް ކަމުދާނެ ސްމޫތީއެކެވެ. މި ސްމޫތީ ހެދުމަށް އާފަލު، ދޮންކެޔޮ، އޯޓްސް، އަލްމަންޑު، ޗައި މަސާލާ އަދި ކާފޫރު ތޮޅި އަޅާފައި މިކްސަރުން ރަނގަޅަށް އެއްކޮށްލާނީއެވެ. މި ބުއިމުން މީހާގެ މެޓަބޮލިޒަމް ރަނގަޅުވެ، ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ސަރުބީ ވިރޭވަރުވެސް އިތުރުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން