ތުރުކީއާއެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރު ކުރީކޮޅު އަަމަލުކުރަން ފަށަން ނިންމައިފި އެވެ.
ތުރުކީއާ ރާއްޖެއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ކަންކަން ފެށުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.
އަދި މި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ތުރުކީއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އަންނަ އަހަރުގެ ޖެނުއަރީއިން ފެށިގެން މާޗާ ދެމެދު އެއްބަސްވުން ތަންފީޒުކުރެވިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"އެއާއެކު ހަމަ ވަރަށް ގިނަ އަދަދެއްގެ މުދާ ތުރުކީ ވިލާތުން ރާއްޖެއަށް އެތެރެކުރާ މުދަލުން ޑިއުޓީ ފްރީ ވެގެންދާނެ. މިއީ އިންވެސްޓަރުންނާއި ރިސޯޓް ޑިވޮލޮޕްކުރާ ފަރާތްތަކަށް އަދި އާންމު ވިޔަފާރިވެެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. ތަކެތީގެ އަގު ހެޔޮވުމާއި ވަރަށް ބޮޑަށް ހުޅުވިގެންދާނެ ދޮރެއް." މިނިސްަޓަރު ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެހެން ނަމަވެސް ނިމިގެން ދިޔަ ވެރިކަމުގައި އެ އެއްބަސްވުމަށް އަމަލެއް ނުކުރެ އެވެ.
ނަމަވެސް މި ސަރުކާރުން ވަނީ އެ އެއްބަސްވުމަށް އަމަލުކުރަން ނިންމައިފަ އެވެ.
މި ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަރީއިން ފެށިގެން އަމަލުކުރަން ފެށުމަށެވެ.

ކިޔުންތެރިންގެ ހިޔާލު