ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ޝާހުރުކް ޚާން ގެ ހާއްސަ ފެނިލުމެއް ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ނިއުސް 18 ގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސަންޖޭގެ ކުރިއަށް އޮޮތް ފިލްމުގައި ޝާހުރުކްގެ ކެމިއޯއެއް ހިމަނަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ޝާހުރުކް އާއި ސަންޖޭ ބައްދަލު ވެފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ޝާހުރުކްގެ ހާއްސަ ފެނިލުން ފެންނާނީ ފިލްމުގެ މެދުތެރެއިން ކަމަށްވީއިރު އޭނާއާއި ރަންބީރު ކަޕޫރުއާއެކުވެސް ޝޫޓުތަކެއް ކުރެވޭނެ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި ރޯލުގެ ޝޫޓުތައް އަންނަ އަހަރު ޖެނުއަރީ މަހު ޝާހުރުކް ފަށާނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މި ފިލްމަކީ ވަރަށް ޖަޒުބާތީ ލޯބީގެ ވާހަކައަކަށް ނުވަތަ "ލަވް ޓްރޭންގަލް" އެއްގެ މައްޗަަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ލީޑުން ފެންނާނީ ރަންބީރު ކަޕޫރު އާއި، އާލިޔާ ބަޓު އަދި ވިކީ ކޯޝަލް އެވެ.

ކިޔުންތެރިންގެ ހިޔާލު