ވިސްނުންތޫނނު ކުދިންނަކީ ސުވާލުތަކުން ފުރިގެންވާ ކުދިން- ގޫގުލް އިމޭޖެސް
ވިސްނުންތޫނނު ކުދިންނަކީ ސުވާލުތަކުން ފުރިގެންވާ ކުދިން- ގޫގުލް އިމޭޖެސް
ވިސްނުންތޫނު ކުދިންގެ ފަރާތުން އެންމެ ކުޑައިރުއްސުރެވެސް އެހެންކުދިންނާ ތަފާތު އެތައް ކަމެއް ފެންނާނެ އެވެ. އެކުދިންނަކީ އެހެންކުދިންނާ އަޅާ ބަލާއިރު މާ "މެޗުއާ" ކުދިން ކަމުގައިވެސް ބައެއް މީހުން ދެކެއެވެ. މިފަހަރު މި ހިމަނާލަނީ ވިސްނުންތޫނު ކުދިންގެ ފަރާތުން ފެންނާނެ ބައެއް ސިފަތަކެވެ.

ސުވާލު ކުރުން

ވިސްނުންތޫނު ކުދިންނަކީ ކަންކަމާމެދު ވަރަށް ފުންކޮށް ވިސްނާ ކުދިންކަމުން މި ކުދިން އެކި ކަންކަމާ ބެހޭ ގޮތުން ވަރަށް ސުވާލު ކުރާނެއެވެ. އަދި އެކުދިންނަކީ ކަންކަމާމެދު ތަފާތު ނަޒަރިއްޔާތަކުން ސުވާލު އުފައްދާ ކުދިންވެސް މެއެވެ. މިފަދަ ކުދިންގެ ސުވާލުތަކުގެ ސަބަބުން އެކުދިންނަށް ކުޑައިރުވެސް ވަރަށް ގިނަ ކަންތައްތައް ދަސްވެއެވެ.

ފަސޭހަކަމާއެކު ކަންކަމަށް ހޭނޭ

އެކުދިންނަކީ ފަސޭހަކަމާއެކު ކަންކަމަށް ހޭނެން އެނގޭ ކުދިންނެވެ. ދިރިއުޅުމުގެ ކަންތައް ބަދަލު ވުމުން މިކުދިންނަށް ފަސޭހަކަމާއެކު އެކަމަކަށް ހޭނެން އެނގެއެވެ. މިސާލަކަށް ބަލާނަމަ ދިރިއުޅޭ މާހައުލު ބަދަލުވުމާއި، ކިޔަވާ ސްކޫލު ބަދަލުވުން ފަދަ ކަންކަން ދިމާވުމުން އެކުދިންނަށް ފަސޭހަކަމާއެކު އާމާހައުލުގެ ކަންކަން ދަސްކުރެވި އެކަންކަމަށް ހޭނެން ފަސޭހަވެއެވެ. އަދި އޭގެ ސަބަބުން އެކުދިންނަށް ގުޅުންތައް އުފައްދަންވެސް ފަސޭހަވެއެވެ.

އަނެކާގެ ޖަޒުބާތުތައް އެނގޭ

ވިސްނުންތޫނު ކުދިންނަކީ ވަރަށް ފަސޭހަކަމާއެކު އަނެކާގެ ޖަޒުބާތުތައް ދެނެގަންނަން އެނގޭ ކުދިންނެވެ. އަދި އެކުދިންނަށް އެކުދިންގެ އަމިއްލަ އިހުސާސްތަކާއި ޖަޒުބާތުތައްވެސް މެނޭޖު ކުރަން އެނގެއެވެ. އަދި މިކަމުގެ ސަބަބުން އެކުދިންނަށް އެހެން މީހުންނާ ވަރަށް ފަސޭހަކަމާއެކި މުހާތަބު ކުރެވެއެވެ. އަދި މީހުންނާ ގުޅުން ބަދަހި ކުރަން ފަސޭހަވެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން