ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މި މައްސަލަ ދިމާވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ވެއެވެ. އޭގެ ތެރޭގައި މީހާގެ ޖެނެޓިކްސް އާއި، ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާއި މީހާގެ ސިއްހަތު ތަންދޭ ގޮތް ހިމެނެއެވެ. ތިރީގައި މި ހިމަނާލަނީ އިސްތަށިފޭބުން ހުއްޓުވަން ކުރަންވީ ބައެއް ކަންކަމެވެ.
ބެލެންސްޑް ޑައިޓެއް ގެންގުޅުން
ދިރާސާތަކުން ދައްކާ ގޮތުގައި ބޮލުން އިސްތަށި ފައިބާ އެންމެ މައިގަނޑު ސަބަބކީ ހަށިގަނޑަށް ބޭނުންވާ ތަފާތު އެކި މާއްދާތައް ނުލިބޭތީއެވެ. އެހެންކަމުން އިސްތަށިފޭބުން ހުއްޓުވަން ބޭނުންވާނަމަ ކެއުމުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް އެކުލެވޭނޭހެން ބެލެންސްޑް ޑައިޓެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ހުރިހާ މިނަރަލްތަކާއި ވިޓަމިނެއް އެތެރެވާނޭހެން ކެއިން ބުއިމުގެ އާދަތައް ބައްޓަން ކުރަން ޖެހެއެވެ.
ސަޕްލިމެންޓުތައް ބޭނުން ކުރުން
އިސްތަށިގަނޑު ފެޅުމަށް އެހީވެދޭ އަދި އިސްތަށިގަނޑު ވަރުގަދަކޮށްދޭ ސަޕްލިމެންޓުތައް ބޭނުން ކުރުމަކީވެސް އިސްތަށިފައިބާނަމަ އެކަން ހުއްޓުވަން ކުރެވިދާނެ ކަމެކެވެ. އެގޮތުން ބޭނުން ކުރެވިދާނެ ބައެއް ސަޕްލިމެންޓުތަކުގެ ތެރޭގައި ބައޮޓިން، ކޮލާޖެން އަދި އޮމެގާ-3 ފެޓީ އެސިޑު ހިމެނެއެވެ.
ސްޓްރެސް އާ ދުރުވުން
މީހާ ކަންކަމާ މާ ބޮޑަށް ފިކުރު ބޮޑުވެ ސްޓްރެސް ވުމަކީވެސް އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން އިސްތަށި ފޭބުން ހުއްޓުވަން ބޭނުންނަމަ ސްޓްރެސް އާ ދުރުވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު