އެންމެ މުހިންމު އެއްކަމަކީ ފަލަސްޠީނުގެ ޤަޟިއްޔާގެ މުހިންމުކަން އުންމަތުގެ ދަރީންނަށް ކިޔައިދިނުންކަމަށް އިސްލާމިކް މިނިސްޓަރު ޑދރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ ފަލަޞްޠީނުގެ ޤަޟިއްޔާއާ ބެހޭ ގޮތުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގުޅިގެން ރޭ ބޭއްވި އިލްމީ ފޯރަމްއާ ގުޅޭ ގޮތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގަ އެވެ.
މިއީ ރާއްޖޭގައި ބޭއްވި މުހިންމު ފޯރަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެމްއެންޔޫއާއި އައިޔޫއެމް ގުޅިގެން އެފަދަަ ފޯރަމެއް ބޭއްވުމުން އެ ދެ ޔުނިވާސިޓީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ކަންކަމުގައި ބަހުސްކުރުމުގައި ހެޔޮކަން ހުންނާނެ ކަމަށާއި އަދި ރޭގެ ފޯރަމްގައި އިލްމީ އެތައް ވާހަކަތަކެއް ޕެނަލިސްޓުން ކިޔާދެއްވި ކަމަށެވެ.
ހަމަ އެހެންމެ އެ ފޯރަމުން އިލްމީ ގާބިލް ހުނަރުވެރި ޒުވާނުން ފެނިގެން ދިޔަ ކަމަށާއި އެ ސިލްސިލާ އިތުރަށް ކުރިއަށްދާނެ ކަމަށް އުއްްމީދުކުރައްވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
"ފަލަސްތީނަށްޓަކައި މިއަދު ކުރަންޖެހޭ އެންމެ މުހިމު އެއް ކަމަކީ ފަލަސްޠީނުގެ ގަޟިއްޔާގެ މުހިންމުކަން އުންމަތުގެ ދަރީންނަށް އިލްމީ ހަމަތަކުން ކިޔައިދީ ހޭލުންތެރިކަން އިތުރުކޮށް އަލް އަގްސާ މިސްކިތާ މެދު ލޯބި ޖައްސައި އުންމަތުގެ ޖީލު ތަރުބިޔަތު ކުރުން. ނަޞްރާއި ފަތަޙައިގެ ފާލަމަކީ އެއީ." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު