ރާޖްކުމާރު ރާއޯ- ގޫގުލް އިމޭޖެސް
ރާޖްކުމާރު ރާއޯ- ގޫގުލް އިމޭޖެސް
"ސްޓްރީ 2" ގެ ކާމިޔާބީއަށް ފަހު ބޮލީވުޑްގެ ތަރި ރާޖްކުމާރް ރާއޯ ގެ ފީ ބޮޑު ކުރިކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށް އޭނާ ބުނެފިއެވެ.

އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ރާޖްކުމާރު ބުނެފައިވަނީ އޭނާގެ ފީ ފަސް ލައްކަ ރުޕީސް އަށް ބޮޑު ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތެއް ކަމަށެވެ. އަދި އޭނާއަކީ ޕްރޮޑިއުސަރުންނަށް އެހާ ބޮޑު އުނދަގުލެއް ޖައްސާނެ ވަރުގެ މޮޔައެއް ނޫން ކަމަށްވެސް ރާޖްކުމާރު ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އޭނާ ފިލްމު ކުޅެނީ އެ ފިލްމުތައް ކާމިޔާބުވެ ލިބޭ ލާރިއަކަށް ބަލާފައި ނޫން ކަމަށެވެ. އަދި އޭނާ ފިލްމު ކުޅެނީ އެއީ އޭނާގެ "ޕެޝަން" ކަމަށް ވުމުންނާއި އޭނާ އެކަން ކުރަނީ ވަރަށް ކުރާހިތުން ކަމަށް ރާޖްކުމާރި ވަނީ ބުނެފައެވެ.

ރާޖްކުމާރު ރާއޯއަކީ ބޮލީވުޑަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ދާދި ފަހުން ނެރުނު ފިލްމު "ސްޓްރީ 2" އިންނެވެ. މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން