ކެނެޑާއަށް ނިސްބަތްވާ ދޮށީ އުމުރުގެ އަންހެނަކު އަންހެނުންގެ ޕުޝްއަޕް ހެދުމުގެ ވޯލްޑް ރިކޯޑު މުގުރާލައިފި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މި ރިކޯޑު މުގުރާލާފައިވަނީ އުމުރުން 59 އަހަރުގެ ޑޮނާޖީން ވައިލްޑު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ 60 މިނެޓު ތެރޭގައި 1575 ޕުޝްއަޕް ހަދައި ގިނިސް ވޯލްޑް ރިކޯޑެއް ހޯދާފައެވެ.
ރިޕޯޓުގައި ބުނެފައިވަނީ ޑޮނާޖީން ވަނީ މިއަހަރު މާރޗު މަހުގައިވެސް ހަމަ މިފަދަ އެހެން ރިކޯޑެއްވެސް މުގުރާފައި ކަމަށެވެ. އެގޮތުން އޭނާ ވަނީ އެންމެ ގިނައިރު ޕްލޭންކު ހެދި އަންހެން މީހެއްގެ ލަގަބުވެސް ހޯދާފައެވެ. އޭނާއަށް މި ލަގަބު ލިބިފައިވަނީ 4 ގަޑި އިރާއި 30 މިނެޓު އަދި 11 ސިކުންތު ވަންދެން ޕްލޭންކު ހަދައިގެން އޮތުމުންނެވެ.
ޑޮނާޖީން މި ރިކޯޑު މުގުރާލަން މަސައްކަތް ކުރިއިރު އޭނާގެ މާމަ ދަރިން އޭނާއަށް ތަރުހީބު ދެމުން ދިޔަ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި ރިކޯޑު ލިބުމުން އޭނާވެސް ހުރީ ވަރަށް އުފަލުން ކަމަށް ރިޕޯޓުގައި ވެއެެވެ
ގިނިސް ވޯލްޑް ރިކޯޑްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ރިކޯޑު ހާސިލް ކުރުމަށްޓަކައި ޕުޝްއަޕް ހަދަން ޖެހުނީ ވަކި ގޮތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު