ތާޕްސީ ޕައްނޫ- ގޫގުލް އިމޭޖެސް
ތާޕްސީ ޕައްނޫ- ގޫގުލް އިމޭޖެސް
ބައެއް ފަހަރު ފިލްމުތަކުގެ ލީޑު ފޯލު ނޫން އެހެނިހެން ރޯލުތައް ކުޅެން ބޭނުންވާ ކަމަށް ބޮލީވުޑްގެ ތަރި ތާޕްސީ ޕައްނޫ ބުނެފިއެވެ.

އެގޮތުން ތާޕްސީ ބުނެފައިވަނީ ގިނަ މީހުން އާންމުކޮށް ބޭނުންވަނީ ފިލްމު ތަކުގެ ލީޑު ރޯލު ކުޅެން ކަމަށެވެ. ނަމަވެސް އޭނާ ބައެއް ފަހަރު ފިލްމުގެ ލީޑު ނޫން އެހެނިހެން ރޯލުތައް ކުޅެން ބޭނުންވާ ކަމަށް ތާޕްސީ ވަނީ ބުނެފައެވެ. އަދި އޭނާ މިހެން ސައިޑު ރޯލުތައް ކުޅެން ބޭނުންވަނީ އޭނާގެ މައްޗަށް ފިލްމު ނެރޭއިރު އޮންނަ ޕްރެޝަރު ކުޑަ ވާތީ ކަމަށްވެސް ތާޕްސީ ވަނީ ބުނެފައެވެ.

މި އިންޓަވިއުގައި އޭނާ ވަނީ އެފަދަ ފިލްމެއްފެ މިސާލެއްގެ ގޮތުގައި 2023 ގައި ނެރުނު ފިލްމު "ޑުންކީ" ގެ ވާހަކަ ދައްކާފައެވެ. އެގޮތުން ތާޕްސީ ބުނެފައިވަނީ އެ ފިލްމުގެ ލީޑުގައި ޝާހުރުކް ޚާން ހުރުމުން ފިލްމު ނެރުނުއިރު އޭނާގެ މައްޗަށް އޮތް ޕްރެޝަރު ކުޑަވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާ ހަމަޖެހިލައިގެން ހުރެވުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ތާޕްސީ އެންމެ ފަހުން ފެނިފައިވަނީ މިއަހަރު ނެރުނު ފިލްމު "ޕިރް އާއޭ ހަސީން ދިލްރުބާ" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ލީޑުން ފެނިފައިވަނީ ވިކްރަންތު މާސޭ އާއި ސަނީ ކޯޝަލް އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން