ދަރިފުޅުގެ ހުރިހާ ކަމެއް ފުރިހަމައަށް ކުރާތީ އެކަމާ ބޮލީވުޑްގެ ތަރި އަބިޝެކް ބައްޗަން އޭނާގެ އަނބިމީހާ އައިޝްވާރިޔާ ރާއި ބައްޗަން އަށް ތައުރީފު ކޮށްފިއެވެ.
ދާދި ފަހުން ނެރުނު ފިލްމު "އައި ވޯންޓް ޓު ޓޯކް" ޕްރޮމޯޓު ކުރުމަށް ދިން އިންޓަވިއުއެއްގައި އަބިޝެކް ވަނީ އައިޝްވާރިޔާ ކުރާ މަސައްކަތްތަކަށް ތައުރީފު ކޮށްފައެވެ. އެގޮތުން އޭނާ ވަނީ އޭނާ މަސައްކަތުގައި އުޅޭއިރު އެދެމީހުންގެ ދަރިފުޅު އަރަދިޔާގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް އައިޝްވާރިޔާ ކުރާ ކަމަށް ބުނެ އެކަން ފާހަގަ ކޮށް ތައުރީފު ކޮށްފައެވެ.
އަބިޝެކް އިތުރަށް ބުނެފައިވަނީ ބެލެނިވެރިކަމަކީ ދުނިޔޭގެ އެންމެ ބުރަ އެއް މަސައްކަތް ކަމަށްވީއިރު މިކަން ވަޒީފާ އަދާކުރާ ބައްޕައިންނަށް އިތުރަށް ދެގުނަ ބުރަވާ ކަމަށެވެ. އަދި ބައެެއް ފަހަރު ދަރިންނަށް ބައްޕައިންގެ ގުރުބާނީތައް ނުފެނުނު ކަމުގައި ވީނަމަވެސް އެކުދިން ބޮޑުވާވަރަކަށް އެކުދިންނަށް އެކަންތައް ވިސްނޭނެ ކަމަަށް އޭނާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ ޕަވާ ކަޕުލް އަބިޝެކް އާއި އައިޝްވާރިޔާ ވަރިވީކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އެ ދެ ތަރިން މި އިވޭ އަޑުތަކަކަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އަދި މިހާތަނަށް މިކަމާ ބެހޭ ގޮތުން ބަހެއްވެސް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު