މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކާ އެކީ ނިޔާވެފައި އޮއްވާ ފެނުނު ނ. ހޮޅުދޫ/ ޒަކިއްޔާ މޫސާ (50 އަހަރު)ގެ މަރުގެ ތަހުގީގު އަދިވެސް ނުނިމޭކަން ހާމަވެއްޖެ އެވެ.
ޒަކިއްޔާ ޒަހަމްތަކަކާ އެކީގައި ނިޔާވެފައި އޮއްވާ ފެނުނީ ނ. ހޮޅުދޫގައި އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
ޒަކިއްޔާގެ ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު އެއީ އޭނާ އަމިއްލައަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން ނެވެ.
އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ޒަކިއްޔާގެ އޮޓޮޕްސީވެސް ފުލުހުން ނަހަދަ އެވެ.
އެ މައްސަލައަށް ތިން މަސް ވާން ކައިރިވީ އިރު ތަހުގީގުގެ އެއްވެސް ކަމެއް ފުލުހުން ހާމަނުކުރާތީ އެ ރަށުގެ ރައްޔިތުން މިދިޔަ ހޯމަ ދުވަހު ވަނީ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާވެސްކޮށްފަ އެވެ.
ހޮޅުދޫ ކައުންސިލްގެ ރައީސް ރިޝްވާން މުހައްމަދު "ރަސް"އަށް ވިދާޅުވީ ޒަކިއްޔާގެ މަރުގެ ތަހުގީގަށް ކުރިއެރުމެއް ނުލިބޭތީ ކިތަންމެ ފަހަރަކު ކަމާބެހޭ ފަރާތްތަކަށް ކައުންސިލުން ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
އަދި މީގެ ހަތަރު ދުވަސްކުރިން އެ މައްސަލަ ތަހުގީގުކުރަން އަނެއްކާވެސް ފުލުހުންގެ ޓީމެއް އެ ރަށަށް އައިސްފައިވާ ކަަމަށް ވެސް ރިޝްވާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު