ށ. ކޮމަންޑޫގެ ގެއެއްގެ ކަރަންޓު ބިލަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ އެރީ ރީޑިންގގެ މައްސަލައަކާ ގުޅިގެން ކަމަށް އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ކޮމަންޑޫގެ ގެއެއްގެ ކަރަންޓު ބިލަށް ޖުމްލަ 412،648.27ރ. އަރާފައިވާ އިރު އެ ބިލުގެ ކޮޕީއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެސްވެފަ އެވެ.
އެކަމާ ގުޅިގެން ފެނަކައިން މިއަދު އެކްސްގައި ވަނީ އެކަން ހިނގި ގޮތް ސާފުކޮށްދީފަ އެވެ.
ފެނަކައިން ބުނީ އެ ބިލަކީ އަލަށް އިންސްޓޯލް ކުރި މީޓަރެއްގެ ރީޑީންގް އެޅުމުގައި ދިމާވި ކުށަކާ ގުޅިގެން ހެދުނު ބިލެއް ކަމަށެވެ.
އަދި އެ ބިލުގެ މައްސަލަ ފާހަގަކުރެވިގެން ކަސްޓަމަރަށް ގުޅައި އެ ބިލު އިސްލާހުކުރުމަށް ފަހު ރަނގަޅު ބިލުވެސް މިހާރު ފޮނުވާފައިވާ ކަމަށް ވެސް ފެނަކައިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު