އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފްކުރަން އިސްރާއިލުން ނިންމައިފި އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިތުރުން އޭނާގެ ސަރުކާރުގެ ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލާންޓް ހައްޔަރުކުރަން ވެސް އައިސީސީން މިިދިޔަ ބުރާސްފަތި ދުވަހު އަމުރު ނެރުނެވެ.
ނަމަވެސް އިސްރާއިލުގެ ބޮޑުވަޒީރު ވިދާޅުވީ އެ ކޯޓުގެ ނިންމުމަކީ ޔަހޫދީންނާ ދެކޮޅުވުމުގެ ނިންމުމެއް ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ އެ ނިންމުން އިސްތިއުނާފްކުރާނެކަން މިހާރު އެ ކޯޓަށް އަންގާފައިވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ބޯލަނބާނެކަން ހާމަކޮށްފައިވާއިރު އެމެރިކާ، އޮސްޓްރިއާ އަދި ހަންގޭރީން ވަނީ އެ ނިންމުމަށް އަމަލުނުުުރާނެކަން ހާމަކޮށްފަ އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް 44,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު