މާލޭ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މިއަދު ހެނދުނު 08:56 ކަންހާއިރު އާޓިފިޝަލް ބީޗު ކައިރިން މަަގުމައްޗަށް ވެއްޓުނު މީހަކަށް ފުލުހުން އެހީތެރިވެ އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށެވެ.
އަދި އެ މީހާ އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް 10:03 ކަންހާއިރު ނިޔާވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ބުނެފައި ވެއެވެ.
އެ ހާދިސާގައި ނިޔާވީ ސ.ހިތަދޫ/ ސޯސަންގެ، އަހުމަދު ޝަރީފް(53އ.) އެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އިއްޔެ ވަނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުގައި ޒަހަމްވެފައި އޮތް މީހަކުވެސް ހޮސްޕިޓަލުގައި ފަރުވާާ ދެމުންދަނިކޮށް ނިޔާވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު