ބޮލީވުޑްގެ މަޝްހޫރު ކަރީނާ ކަޕޫރު ޚާން އާއި ރަންބީރު ކަޕޫރު މި އަންނަ ޑިސެމްބަރު މަހު ސައުދީގައި އޮންނަ އިވެންޓެއްގައި ބައިވެރިވާން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އީޓައިމްސް ގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އަންނަ މަހު ސައުދީގައި ބާއްވާ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ކަރީނާ އާއި ރަންބީރު ބައިވެރިވާނެ ކަމަށެވެ. އަދި މި ދެ ތަރިން މި އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަރިންނާއެކު ބާއްވާ "އިން ކޮންވަޒޭޝަން ސެގްމެންޓު" ގައި ބައިވެރިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މި ފިލްމު ފެސްޓިވަލްގެ "އިން ކޮންވަޒޭޝަން ސެގްމެންޓު" ގައި ބައިވެރިވާ ތަރިންގެ ތެރޭގައި އިޖިޕްޓުގެ ފިލްމީ ތަރި މޯނާ ޒަކީ އާއި އެމެރިކާގެ ފިލްމީ ތަރި ވައޯލާ ޑޭވިސް ހިމެނެއެވެ. މި ސެގްމެންޓުގައި މި ތަރިން އެމީހުންގެ ފިލްމީ ދާއިރާގެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާނެއެވެ.
މި އިވެންޓު ބޭއްވުމަށް ހަމަ ޖެހިފައިވަނީ މި ޑިސެމްބަރު މަހު 5 އިން 14 އަށެވެ. އަދި މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއާގެ ޖިއްދާ ގައެވެ.
ކަރީނާ އެންމެ ފަހުން ފެނިފައިވަނީ ދާދި ފަހުން ނެރުނު ފިލްމު "ސިންގަމް އެގެއިން" އިންނެވެ. ރަންބީރު މިހާރު މަޝްއޫލުވެ އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑު ވާ" ގެ ޝޫޓުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު