ދެ މަސް ބޯޓުގައި ތިބި މީހުންނާއި އަތުލައިގަތް މަސްތުވާތަކެތި--
ދެ މަސް ބޯޓުގައި ތިބި މީހުންނާއި އަތުލައިގަތް މަސްތުވާތަކެތި--
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައި ޓަނެއްހާ މަސްތުވާތަކެއްޗާއެކު ލަންކާގެ މަސް ބޯޓެއް އަތުލައިގަތް ދުވަހު އިންޑިއާއިން ވެސް ލަންކާގެ ދެ މަސް ބޯޓު ބައި ޓަނުގެ މަސްތުވާތަކެއްޗާއެކު އަތުލައިގެންފި އެވެ.

އިންޑިއާގެ ނޫސްތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މަސްތުވާތަކެތި އަތުލައިގަތީ ލަންކާގެ ކަނޑުގެ ސިފައިން ދިން މައުލޫމާތަކާ ގުޅިގެން އިންޑިއާގެ ނޭވީން ހިންގި ހާއްސަ އޮޕަރޭޝަންއެއްގަ އެވެ.

އެ ދެ މަސް ބޯޓު އަތުލައިގަތީ އިންޑިއާ ކަނޑުންވެސް ބޭރުން އަރަބި ކަނޑުން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.

އެ ދެ ބޯޓުން ފެނިފައިވަނީ 500 ކިލޯގެ ކްރިސްޓަލް މެތު އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ އެ މަސްތުވާތަކެއްޗާއި ބޯޓުގައި ތިބި މީހުން މިހާރު ލަންކާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް ލަންކާގެ މަސްބޯޓާާއި އޭގައި ތިބި މީހުންނާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި އެ މީހުން މިހާރު ތިބީ 30 ދުވަހަށް ބަންދުވެސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން