ފެލިދެއަތޮޅު ރަކީދޫގައި ސޯލާ ޕެނަލުންނާއި ބެޓެރިން ކަރަންޓު ދިނުމަށް ސްޓެލްކޯއިން ޕައިލެޓް ޕްރޮޖެކްޓެއް ފަށައިފިއެވެ.
އެ ޕައިލެޓް ޕްރޮޖެކްޓް ރަކީދޫގައި ފަށައިގެން ކުރިއަށް ގެންދާތާ ތިން މަހެއްހާ ދުވަސްވެފައިވާ އިރު ޖެނެރޭޓަރުން ކަރަންޓު ދެނީ ސޯލާ ޕެނަލްއާއި ބެޓެރިން ލިބޭ ކަރަންޓުން ނުފުދޭ މަދު ފަހަރަކުއެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ރަކީދޫއަށް ކޮންމެ ދުވަހަކު ކަރަންޓު ދިނުމަށް އެވްރެޖުކޮށް 38 ކިލޯވޯޓު ބޭނުންވާ ކަމަށެވެ. އަދި އޭގެ ތެރެއިން 20 ކިލޯވޯޓު ސޯލާ ޕެނަލްތަކުން ލިބޭއިރު ބާކީ މުޅިންހެން ފޯރުކޮށްދެނީ ބެޓެރިންނެވެ.
އެ ބެޓެރިވެސް ޗާޖުކުރަނީ ސޯލާއިން ކަމަށްވާއިރު ބެޓެރިން ނުވާ ހާލަތުގައި އޮޓަމެޓިކުން ޖެނެރޭޓަރުން ކަރަންޓު ފޯރުކޮށްދެވޭ ގޮތަށް ސިސްޓަމް ފަރުމާކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯގެ އޮފިޝަލު ވިދާޅުވީ ސަރުކާރުގެ އިމާރާތްތަކުގައި ސޯލާ ޕެނެލް ހަރުކޮށްގެން އެކަށީގެންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ އާންމުންގެ ގެތަކުގެ ފުރާޅުތައް ކުއްޔަށް ނަގައި ސޯލާ ޕެނެލް ހަރުކޮށްފައިވާ ކަމަށެވެ.
އަދި ގިނަ ގެތަކުން ސްޓެލްކޯއަށް ކަރަންޓު ވިއްކާއިރު ދެ ގެއެއްގެ ކަރަންޓު ބިލުން އުނިވާގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ސްޓެލްކޯގެ އޮފިޝަލު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު