ސުޕަވުމެން އާ ބެހޭ ފިލްމެއް އުފައްދާނަމަ ސުޕަވުމެންގެ ރޯލު ކުޅެން ބޭނުންވާ ކަމަށް ބޮލީވުޑްގެ ތަރި ކްރީތީ ސެނޮން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ މިއަހަރުގެ އައިއެފްއެފްއައި އެވޯޑު ޝޯގައި ވާހަކަދައްކަމުންނެވެ. އެގޮތުން އޭނާގެ ބަކެޓް ލިސްޓުގައި ހުރި ރޯލުތަކާ ބެހޭ ގޮތުބް ވާހަކަ ދައްކަމުން ކްރީތީ ބުނެފައިވަނީ ސުޕަވުމެން އާ ބެހޭ ފިލްމެއްގެ ސްކްރީން ޕްލޭ އެއް މީހަކު ލިޔެފިނަމަ އެ ރޯލު ކުޅެން ބޭނުންވާ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައި ވަނީ އޭނާއަށް އެކްޝަން ފިލްމުތައް ވަރަށް ކަމުދާ ކަަމަށާއި އެފަދަ ފިލްމުތައް ކުޅެން ބޭނުންވާ ކަމަށެވެ. އަދި ބޮލީވުޑުން ކްރިޝް ނޫނީ އެހެން އެއްވެސް "ސުޕަހީރޯ" އެއް އުފައްދާފައި ނުވާ ކަަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކްރީތީ އަކީ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރަކަށް ވީއިރު، އޭނާ މިހާރު ދަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންނެވެ. މި އެވޯޑު ޝޯގެ ރެޑް ކާޕެޓަށް އޭނާ ގޮސްފައިވަނީ "ދޯ ޕަޓީ" ގެ ޕްރޮޑިއުސަރުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު