ޝްރައްދާ ކަޕޫރު- ގޫގުލް އިމޭޖެސް
ޝްރައްދާ ކަޕޫރު- ގޫގުލް އިމޭޖެސް
ފިލްމު އުފެއްދުމަށް ކުރާ ބުރަ މަސައްކަތްތައް މިހާރު އޯޑިއަންސަށް ވިސްނޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޝަރައްދާ ކަޕޫރު ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުގެއްގައި ޝްރައްދާ ބުނެފައިވަނީ ރަނގަޅު ފިލްމެއް އުފެއްދުމަށް އެކްޓަރުން ކުރާ ގިނަ މަސައްކަތްތައް އެއްވެސް ބަޔަކަށް މީގެ ކުރިން ނޭނގޭ ކަމަށެވެ. ނަމަވެސް މިހާރު ފަރުދާގެ ފުރަގަހުގައި ވާ ކަންކަމަށް އޯޑިއެންސްގެ ސަމާލުކަން އޮންނަ ވަރު ބޮޑު ކަމުން ގިނަ މީހުންނަށް އެކްޓަރުން ކުރާ ބުރަ މަސައްކަތްތައް ވިސްނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާއިރު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ނަމަވެސް އޯޑިއެންސްގެ ސަޕޯޓު ލިބުމަކީ މި ދާއިރާގައި މަސައްކަތް ކުރުމަށް ލިބޭ އިތުރު ބާރެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ޝްރައްދާ އިތުރަށް ބުނެފައިވަނީ އެކްޓަރަކަށް ވުމަކީ އޭނާ އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއްކަމަށާއި ބެލުންތެރިންގެ އެއްބާރުލުމާއެކު މިކަން ހާސިލް ކުރެވުނީތީ ވަރަށް އުފާވާ ކަމަށެވެ،

ޝްރައްދާ އެންމެ ފަހުން ފެނިފައިވަނީ މިއަހަރު ނެރުނު ފިލްމު "ސްޓްރީ 2" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން