ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އޮފީސް ޢިމާރާތެއް ކުއްޔަށްހިފި މުޢާމަލާތާއި ގުޅިގެން ދައުރުވަމުންދާ ޚަބަރުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިމައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ އެންސްޕާގެ ފަރާތުންނެވެ. އޭސީސީން ބުނީ އެމައްސަލަ ކޮމިޝަންގައި ރަޖިސްޓަރ ކޮށްފައިވާ ކަމަށާއި މައްސަލައިގެ ތަހުޤީޤުވެސް ފަށާފައިވާ ކަމަށެވެ.
އެންސްޕާއިން މީގެ ކުރިން ވަނީ ޢިމާރާތް ކުއްޔަށްހިފި މުޢާމަލާތާއި ގުޅިގެން ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށްފައެވެ. އެގޮތުން އެންސްޕާގެ މުދަލާއި ފައިސާ އަދި މުވައްޒަފުން ބޭނުންކޮށްގެން ޓީވީ ޗެނަލެއް ހިންގަން އެހީތެރިވަމުން އަންނަ ކަމަށާއި، އެ ޗެނަލް ހިންގާ އިމާރާތުގެ ކުލި ދައްކަނީ އެންސްޕާ މެދުވެރިކޮށް ކަމަށްބުނެ ފަތުރާފައިވަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
އޭގެ އިތުރުން ޢިމާރާތް ކުއްޔަށް ހިފުމުގައި ދަޢުލަތުގެ މާލީ ވުޒާރާ ނޫން ފަރާތަކާއެކު މުޢާމަލާތެއް ކޮށްފައި ނުވާނެ ކަމަށްވެސް އެންސްޕާއިން މަޢުލޫމާތުދެއެވެ. އަދި އެއީ ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ކުރެވިފައިވާ މުއާމަލާތެއް ކަމުގެ ޔަޤީންކަންވެސް އެންސްޕާއިން މީގެ ކުރިން ވަނީ ރައްޔިތުންނަށް ދީފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންސްޕާއަށް އޮފީސް އިމާރާތެއް ހޯދުމަށް އިޢުލާނު ކޮށްފައިވަނީ ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އަދި އެންސްޕާގެ އޮފީސް ޢިމާރާތް ކުއްޔަށް ނަގާފައިވަނީ މަހަކަށް ބައިމިލިއަނަށްވުރެ އަގު ބޮޑުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު