މަރްޔަމް ނަހްދާ ވަޙީދު   2 ޑިސެމްބަރު 2024 - 6:27
ކިޑްނީ އަކީ ހަށިގަނޑުގައި ލޭ ސާފުކުރާ ގުނަވަން- ގޫގުލް އިމޭޖެސް
ކިޑްނީ އަކީ ހަށިގަނޑުގައި ލޭ ސާފުކުރާ ގުނަވަން- ގޫގުލް އިމޭޖެސް
ކިޑްނީ އަކީ އަޅުގަނޑުމެންގެ ލޭގައި ހުންނަ ތަފާތު ވިހަ މާއްދާތަކާއި، ބޭނުންނެތް ފްލުއިޑުތައް ވަކިކޮށް އަޅުގަނޑުމެންގެ ލޭ ސާފުކޮށްދޭ ގުނަވަނެވެ. މިއީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ވަރަށްވެސް މުހިންމު ރޯލެއް އަދާކުރާ ގުނަވަނެކެވެ. ނަމަވެސް އަޅުގަނޑުމެން ކުރާ ބައެއް ކަންކަމުގެ ސަބަބުން ކިޑްނީ ހަލާކުވެ، ކިޑްނީގެ މަސައްކަތްތަކަށް ބުރޫ އަރައެެވެ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންނަށަ ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެއެވެ.

އެގޮތުން ބަލާއިރު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޯނަމަ ކިޑްނީގެ މަސައްކަތްތަކަށް ބުރޫ އަރައެވެ. ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރު ކުރުމަށާއި، ކިޑްނީގައި ހިލަ އުފެދުން ހުއްޓުވުމަށް ފެނަކީ ވަރަށް މުހިންމު އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ މީހާ ވަރަށް ބޮޑަށް ޑީހައިޑްރޭޓު ވެއެވެ. އަދި އޭގެ ސަބަބުން ކިޑްނީތަކަށް ބާރުކޮށް، ކިޑްނީގެ މަސައްކަތްތަކަށް ބުރޫއަރައެވެ. އަދި ތަފާތު އެކި އިންފެކްޝަންތައް ޖެހުމަށްވެސް މަގުފަހިވެއެވެ.

އަދި މާގިނައިން ހަކުރު ހިމެނޭ ބާވަތްތައް ބޭނުން ކުރުމަކީވެސް ކިޑްނީ ހަލާކުވުމަށް މެދުވެރިވާ ސަބަބެކެވެ. ހަށިގަނޑަށް މާ ގިނައިން ހަކުރު އެތެރެވާނަމަ އޭގެ ސަބަބުން މީހާ އޮބީސްވެ ހަކުރު ބަލި ޖެހުމަށް މެދުވެރިވެއެވެ. މި ދެ ކަމަކީވެސް ކިޑްނީގެ ބަލިތައް ޖެހުމަށް މެދުވެރިކުރުވާ ކަންކަމެވެ. އަދި ހަށިގަނޑުގައި ހަކުރު ގިނަވުމުގެ ސަބަބުން ކިޑްނީގައި ހުންނަ ކުދި ލޭނާރުތައް ހަލާކުވެ، އޭގެ ސަބަބުން ލޭ ސާފު ކުރުމަށް އުނދަގޫވެއެވެ.

މީގެ އިތުރުން މާ ގިނައިރު އިށީނދެގެން ހުރުމަކީވެސް ކިޑްނީގެ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބެކެވެ. ގިނައިރު އިށީނދެގެން އިންނަ ނަމަ ހަށިގަނޑުގައި ލޭ ދައުރުވާ މިންވަރު މަދުވެ، އޭގެ ސަބަބުން ލޭގެ ޕްރެޝަރު އިތުރުވެ އޮބީސިޓީ ޖެހުމަށް މެދުވެރިވެއެވެ. އަދި ހަމަ އެހެންމެ ގިނައިރު އިށީނދެ އިނުމަކީ ހަށިގަނޑު ދުޅަވުމަށް މެދުވެރިވާ ކަމެއްވެސްމެއެވެ. މި ހުރިހާ ކަމަކީވެސް ކިޑްނީގެ މައްސަލަތައް ދިމާވުމަށް މެދުވެރިވާ ކަންކަމެވެ.

ވީމާ ކިޑްނީގެ ބަލިތަކުން ދުރުވެ ކިޑްނީގެ ސިއްހަތު ރަނގަޅު ކުރަން ބޭނުންވާނަމަ ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޯން ޖެހެއެވެ. އަދި ފޮނި އެއްޗެހި ބޭނުން ކުރާވަރު މަދުކޮށް، ކަސްރަތު ކޮށް ހެލިފެލިވެ އުޅެވޭތޯވެސް ބަލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން