ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަމަހައްޓަން ނިންމައިފިއެވެ.
އެންމެފަހުން އެ އިދާރާއިން ރާއްޖެ ރޭޓް ކޮށްފައިވަނީ ސީއޭއޭ2 ގައެވެ. އަދި ރާއްޖެ އޮތީ ރިވިއު އަށް ލާފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ އިދާރާއިން ރޭޓް ކުރުމަށްފަހު ބުނެފައިވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތްގޮތުން ދަރަނީގެ ހާލަތު އިތުރަށް ގޯސްވެދާނެތީ ރާއްޖެ ރިވިއު މަރުހަލާގައި ބާއްވަން ނިންމާފައިވާކަމަށެވެ.
ނަމަވެސް، އެ މުއްދަތު ހަމަކޮށް މިހާރު އެ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުކޮށް އިގުތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭތީ ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓަން ނިންމީކަމަށެވެ.
ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ ތެރެއިން އެ އިދާރާއިން ފާހަގަކޮށްފައިވާ މުހިންމު ކަންކަމަށް ބަލާއިރު، މިފަހުން އެމްއެމްއޭއިން އެކުލަވާލި ބޭރުފައިސާ މާރު ކުރުމާއި ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކަށް ވަކި އިންސައްތައެއް މާރުކުރަންޖެހޭގޮތަށް ހެދި ގަވާއިދު ހިމެނެއެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ސަރުކާރުން ބޮޑުކޮށްފައިވާ ޓެކްސްތަކުގެ ސަބަބުން ވެސް ރާއްޖެއަށް ބޭރުފައިސާ ލިބުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާކަމަށާއި އޭގެ ސަބަބުން ފޮރިން ރިޒާވް އިތުރުވެގެން ދާނެކަމަށް މޫޑީސް އިން ވަނީ ބުނެފައެވެ.
ސަރުކާރުން އެޅި ފިޔަވަޅުތަކާއިއެކު މޫޑީސްގެ ރޭޓިން ދަމަހައްޓަން ނިންމިނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެސް ބޮޑު އަދަދެއް ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭއިރު އެއީ ކަންބޮޑުވުމެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކޮށްފައި ވެއެވެ. އަދި ދަރަނި ކުޑަކުރުމަށް އަޅާފައިވާ ފިސްކަލް ޕޮލިސީތައް ތަންފީޒު ކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ބަނގުރޫޓްވާ ހިސާބުގައި ކަމަށާއި މި ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ބަނގުރޫޓް ނުވެ ސަލާމަތް ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު