ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޣައްޒާގެ 36 މީހަކު މަރާލައިފިއެވެ.
ޣައްޒާގެ އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ ކުއަޑްކޮޕްޓަރ ޑްރޯންތަކުން އިއްޔެ ވަނީ ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލަށާއި އާންމުން ގިނަ އަދަދަކަށް އެއްވެފައި ތިބި ސަރަހައްދަކަށް ހަމަލާދީފައެވެ.
ބޭރުގެ މީޑިޔާ، އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން ޣައްޒާ ސިޓީއަށް ދޭ ހަމަލާތައް މިހާރު ބޮޑުތަނުން ވަނީ އިތުރުކޮށްފައެވެ.
ފާއިތުވި 24 ގަޑިއިރު މުޅި ޣައްޒާގައި އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 36 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ރިޕޯޓްކޮށްފަ އެވެ.
މެދުއިރުމަތީގެ ގައުމުތަކަށް އަރައި އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގައި ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކުގައި މަދުވެގެން 12 މީހުން ވަނީ މަރުވެފައެވެ.
ޣައްޒާގައި އިސްރާއީލުން ހިނގި ނަސްލު ނައްތާލުމުގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މަދުވެގެން 44،502 ފަލަސްތީނު މީހުން މަރުވެ 105،454 މީހުން ވަނީ ޒަޚަމްވެފައެވެ.
ލުބުނާނުގައި ހަނގުރާމަ ފެށިފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި 3،961 މީހުން މަރުވެ 16،520 މީހުން ޒަޚަމްވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު