މިއަހަރުގެ ބާ އިމްތިހާނުން ފާސްވެފައިވަނީ 57 އިންސައްތަ ބައިވެރިން ކަމަށް ބާ ކައުންސިލުން ހާމަކޮށްފިއެވެ.
ބާ ކައުންސިލުން މިއަދު ބުނީ 183 ކެންޑިޑޭޓުން ބައިވެރިވި މިއަހަރުގެ ބާ އިމްތިޙާން ބާއްވާފައިވަނީ އޮކްޓޯބަރު 12ގައި ކަމަށެވެ. އަދި ބާ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާފައިވާ ކަމަށްވެސް ބާ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
ބާ ކައުންސިލުން ބުނީ މިއަހަރުގެ އިމްތިހާނުގައި ބައިވެރިވެ ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިނިމަމް ކޮމްޕިޓެންސީ ތްރެޝްހޯލްޑް ހާސިލުކޮށް، އިމްތިހާނުން ފާސްވެފައިވަނީ 57 އިންސައްތަ ބައިވެރިން ކަމަށެވެ.
ހަމައެއާއެކު އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ 85 އިންސައްތައަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްގެން މި އިމްތިހާނުގައި ބައިވެރިވެފައިވާ މީހުން ކަމަށާއި ބާކީ 15 އިންސައްތައަކީ ބޭރުގެ ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކޮށްފައިވާ މީހުން ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.
ބާ ކައުންސިލުން އިތުރަށް ބުނީ މިއަހަރުގެ އިމްތިހާނަކީ އިންޓަނޭޝަނަލް ޓެސްޓިން ކޮލިޓީ ސްޓޭންޑަޑުތަކަށް ފެތޭ އިމްތިހާނަކަށް ހެދުމަށްޓަކައި ޔުނައިޓެޑް ސްޓޭޓަސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އަދި އެމެރިކަން ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނީޝިއޭޓިވް (އޭބީއޭ-އާރްއޯއެލްއައި)އިން މާލީ އަދި ޓެކްނިކަލް އެހީތެރިކަން ހޯދާފައި ކަމަށެވެ.

Results of the BE2024 have been issued! BCM extends felicitations to all examinees who have passed the Bar Exam.@USAIDMaldives@ABARuleofLaw pic.twitter.com/15r1tZpI26
— Bar Council of the Maldives (@MvBarCouncil) December 5, 2024
ހަމައެއާއެކު އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ 85 އިންސައްތައަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްގެން މި އިމްތިހާނުގައި ބައިވެރިވެފައިވާ މީހުން ކަމަށާއި ބާކީ 15 އިންސައްތައަކީ ބޭރުގެ ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކޮށްފައިވާ މީހުން ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.
ބާ ކައުންސިލުން އިތުރަށް ބުނީ މިއަހަރުގެ އިމްތިހާނަކީ އިންޓަނޭޝަނަލް ޓެސްޓިން ކޮލިޓީ ސްޓޭންޑަޑުތަކަށް ފެތޭ އިމްތިހާނަކަށް ހެދުމަށްޓަކައި ޔުނައިޓެޑް ސްޓޭޓަސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އަދި އެމެރިކަން ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނީޝިއޭޓިވް (އޭބީއޭ-އާރްއޯއެލްއައި)އިން މާލީ އަދި ޓެކްނިކަލް އެހީތެރިކަން ހޯދާފައި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު