އަޅުގަނޑުމެންގެ ތެރޭގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ވަރަށް އާންމު ވެފައިވާއިރު ކުދި ބޮޑު އެންމެންވެސް މި ވަސީލަތްތައް ބޭނުން ކުރެއެވެ. އަދި މިކަމުގެ ސަބަބުން ޅައުމުރުގައި އެތަކެއް ކުޑަކުދިންނެއް މީސް މީޑިއާއަށް ތައާރަފްވެއެވެ. ނަމަވެސް މީސް މީޑިއާ ޕްލެޓްފޯމު ތަކަކީ އެކުދިންނަށް އެހާ ރަނގަޅު ޕްލެޓްފޯމުތަކެއް ނޫނެވެ.
ތިރީގައި މި ހިމަނާލަނީ 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ އަށް ތައްޔާރު ނުވާ ބައެއް ސަބަބުތަކެވެ.
ޖަޒުބާތީ ގޮތުން ބަލިކަށިވުން
ކުޑަކުދިންނާއި ފުރާވަރަށް އެޅެމުންދާ ކުދިންނަކީ ޖަޒުބާތީ ގޮތުން ވަރަށް ބަލިކަށި ކުދިބައެކެވެ. މި އުމުރުފުރާގައި އެކުދިން އުޅޭނީ އެކުދިންގެ ޖަޒުބާތުތަކާއި އަމިއްލަ ނަފްސު ރަނގަޅަށް ދެނެގަތުމުގައެވެ. އަދި މި އުމުރުގައި މީސް މީޑިއާ ބޭނުން ކުރަން ފެށުމުން، އެކުދިންނަށް އަމިއްލަ ނަފްސު ދެނެގަތުމަށް އުނދަގޫވެ އެހެން މީހުންގެ ދެކޭ ގޮތާ މެދު މާބޮޑަށް ވިސްނެން ފެށެއެވެ. އަދި އެކުދިންގެ ދިރިއުޅުން އެމީހުން ބޭނުންވާފަދަ ގޮތަކަށް ބައްޓަން ކުރަން ބޭނުންވެސް ވެއެވެ.
އުމުރާ ނުގުޅޭ އެއްޗެހި ތައާރަފްވުން
ކުޑަކުދިން މީސް މީޑިއާ ބޭނުން ކުރަން ފެށުމުން އެކުދިންގެ އުމުރާ ނުގުޅޭ އެތައް ކަމަކަށް އެކުދިން ތައާރަފް ވެއެވެ. އަދި އެކުދިންނަށް ބޭނުން ނުވާ، އަދި އެނގެން ނުޖެހޭ އެތައް މައުލޫމާތުތަކެއް ވެސް އެނގެއެވެ. އަދި މިކަމުގެ ސަބަބުން އެކުދިންގެ އަޚްލާގަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަހަރުވެސް އާދެއެވެ.
ކުޑަކުދިން މީސް މީޑިއާއަށް ތައާރަފްވުމުން ދިމާވާ ބައެއް މައްސަލަތައް
- ސައިބާ ބުލީންގެ ޝިކާރައަކަށްވުން
- ނަފްސާނީ ބަލިތައް ޖެހުން
- ނިންޖަށް ބަދަލުތަކެއް އައުން
- އެކުދިންގެ މައުލޫމާތު އެހެން މީހުންނަށް ފަސޭހަކަމާއެކު ލިބުން
ކުޑައިރު މީސް މީޑިއާ ޕްލެޓްފޯމުތައް ބޭނުން ކުރާ ކުދިންނަށް މި މައްސަލަތައް ވަރަށް ގިނައިން ދިމާވެއެވެ. އަދި އޭގެ ސަބަބުން އެކުދިންގެ ނަފްސާނީ ސިއްހަތަށް އަސަރުކޮށް، އެކުދިން މީހުންނާ އެކަހެރިވެ އުޅޭ ވަރުވެސް އިތުރުވެއެވެ. އަދި ސްކޫލުގެ މަސައްކަތްތަކަށް ސަމާލުކަން ދެވޭ ވަރު ކުޑަވެ، އެކުދިންގެ ކިޔެވުމަށްވެސްް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ވީމާ ކުޑަކުދިން ވީހާވެސް މީސް މީޑިއާއާއި ދުރުން ބޮޑު ކުރެވޭތޯ ކޮންމެ ބެލެނިވެރިއަކުވެސް މަސައްކަތް ކުރަން ޖެހެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު