ގއ. ދާންދޫ
ގއ. ދާންދޫ
ގއ. ދާންދޫ މަގުމަތިން ނިޔާވެގެން ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ގއ. ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 8:10 ހާއިރު ކަމަށެވެ.

އަދި ވެއްޓިފައި އޮތް މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްޙީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިހާދިސާގައި ނިޔާވެފައިވަނީ އެރަށު ނަގަހެލާ ޢުމުރުން 33 އަހަރުގެ އަހުމަދު އަބްދުﷲ ކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން