މިހާރު ޤާއިމުކޮށްފައިވާ ބިންގަލުގެ މަތީގައި ރާއްޖޭގެ އިޤްތިޞާދު ދެން ދާނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ދެ އަތޮޅެއްގެ ރަށްތަކަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އއ. ރަސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖޭގެ އިގްތިޞާދު ހިންގާފައިވަނީ ރާއްޖެ ބަނގުރޫޓް ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ނިމުމުގެ ކުޑަދުވަސްކޮޅެއް ކުރިން އައިއެމްއެފުން ނެރުނު ރިޕޯޓްގައިވެސް ރާއްޖެ އޮތީ ބަނގުރޫޓްވާ ހިސާބުގައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ އަހަރެއްހާ ދުވަހު ކުރެވުނު އެންމެ ބޮޑު ކަމަކީ ރާއްޖޭގެ އިގްތިސާދު ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
“އިޤްތިޞާދު ސަލާމަތްކޮށް، ސަލާމަތުގެ އައްސޭރިއަށް ގެންދިޔުން އެއީ ހަގީގަތުގައި މިދިޔަ އަހަރު އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ބޮޑު ކަންތައް. ޑިފޯލްޓް ނުވެ ޤައުމު ސަލާމަތް ކުރުން. އިޤްތިޞާދު ސަލާމަތްކުރުން. އެއީ ފެންނަން އޮތް އެއްޗެއް ނޫން. ފެންނާކަށް ނެތް އެކަމެއް. އަތުން ހިފޭކަށް ނެތް. އެހެންނަމަވެސް އެއީ ކުރެވުނު އެންމެ ބޮޑުކަންތައް.” ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގްތިޞާދު ސަލާމަތް ކުރެވުނީ ވަރަށް ގިނަ ކަންކަމަށް އިސްކަންދީގެން ކުރެވުނު މަސައްކަތުން ކަމަށާއި މިހާރު ގާއިމުކޮށްފައިވާ ބިންގަލުގެ މަތީގައި އިގްތިސާދު ދެން ދާނީ ކުރިއަށް ކަމަށެވެ.
ހަމައެއާއެކު ރަސްދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ފާއިތުވި އަހަރު އެންމެ އެދެވޭ ގޮތަށް ތަރައްޤީގެ މަސައްކަތްތައް ނުކުރެވި އޮތީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓުގައި މިސަރުކާރުން އެދުނުގޮތަށް މަޝްރޫޢުތައް ކުރީގެ މަޖިލީހުން ހަމަޖައްސާފައި ނެތްކަމަށްވެސް ރައީސް މިއަދު ރަސްދޫގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު