އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   29 އޯގަސްޓު 2020 - 17:45
އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތް 2 މިވީހާތަނަށް ޕިއްޒާގެ ރަހަ ބަލާފައި ނުވާކަމަށް އެކަމަނާއަށް ކެއުން ތައްޔާރުކޮށް ދިނުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބަކިންހަމް ޕެލެސްގެ ކުރީގެ ކައްކާ ބުނެފިއެވެ.

ޔޫ.އެސް ފުޑް އަށް ދިން އިންޓަވިއު އެއްގައިވަނީ ބަކިންހަމް ޕެލެސްގެ ކުރީގެ ކައްކާ ވަނީ ރާނީ އެލިޒަބަތަށް އެންމެ މީރު ކާނާއަކީ ކޮބައިކަން ކިޔައިދީފައެވެ. ރާނީއަށް 15އަހަރު ވަންދެން ހިދުމަތް ކޮށްދީފައިވާ ކައްކާ ޑެރެން މެކްގްރެޑީ ބުނެފައިވަނީ ރާނީ މިހާތަނަށް ދުވަހަކުވެސް ޕިއްޒާ ފަރިއްކުޅުއްވާފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމަނާއަށް ޗޮކްލެޓް، ބިސްކޯދު، ކޭކު އަދި ހާއްސަކޮށް ޑާރކް ޗޮކްލެޓް ވަރަށް މީރުކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން ރާނީއަކީ އެއްވެސް އިރެއްގައި އިޓަލީގެ ކެއުންތަކަށް އެހާ ގަޔާވާ ފަރާތެއް ނޫން ކަމަށް ވެސް ޑެރެންވަނީ ބުނެފައެވެ. އެގޮތުން ރާނީއަށް އޭނާ ހިދުމަތް ކޮށްދީފައިވާ އަހަރު ތަކުގައި އެކަމަނާ އިޓަލީގެ އެއްވެސް އެއްޗެއް ކައިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.



58އަހަރުގެ ކައްކާ ޑެރެން މެކްގްރެޑީ ވަނީ ޕްރިންސެސް ޑަޔާނާއަށް ވެސް ކެއުން ތައްޔާރު ކޮށްދީފައެވެ. މީގެ އިތުރުން ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް ތުއްތު އިރު އެބޭފުޅުންނަށްވެސް ކެއުން ތައްޔާރު ކޮށްދީފައިވާ ކަމަށް އެ އިންޓަވިޔުގައި އޭނާ ވަނީ ބުނެފައެވެ. ޑެރެން ބުނީ ޝާހީ އާއިލާގެ ބޭފުޅަކަށް ފުރަތަމަ ފަހަރަށް ޕިއްޒާ ތައްޔާރު ކޮށްދީފައިވަނީ އޭނާ ކެންސިންގްޓަން ގަނޑުވަރަށް ބަދަލުވި ފަހުންނެވެ. ސަބަބަކީ ޕިއްޒާއަކީ ޕްރިންސް ވިލިޔަމްއަށް ވަރަށް ކަމުދާ އެއްޗަކަށް ވާތީ ކަމަށާއި، މީގެ އިތުރުން ޕްރިންސް ވިލިޔަމްއަށް އިންޑިޔާގެ ކެއުންތަށް ވެސް ވަރަށް ކަމުދާ ކަމަށް ޑެރެން ވަނީ ބުނެފައެވެ. އެގޮތުން "ޗިކަން ޓީކާ މަސާލާ" ޕްރިންސްއަށް ވަރަށް ކަމުދާކަމަށް އޭނާ ފާހަގަ ކޮށްފައިވެއެވެ.

އިނގިރޭސި ރާނީއަށް ޕިއްޒާ ކަމުނުދަނީ ކީއްވެކަން ޑެރެން އެއް އެނގިފައި ނުވާކަމަށާއި، ނަމަވެސް ޕްރިންސް ވިލިޔަމްއަށް ޕިއްޒާ ތައްޔާރު ކޮށްދޭންޖެހޭތީ އެކަމާ އޭނާ ވަރަށް އުފާވާކަމަށް އެ އިންޓަވިއުގައި ޑެރެން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން