ސަރުކާރު ވެއްޓިފައިވާ ނާޒުކު މި ދަނޑިވަޅުގެ ބޭނުން ހިފުމަށް ނިރުބަވެރި އިސްރާއީލުން ސީރިޔާއަށް ހަމަލާދޭން ފަށައިފިއެވެ.

ސީރިޔާގެ އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުން ސީރިޔާއަށް ހަމަލާދޭން ފަށާފައި ވަނީ ސީރިޔާގެ އިދިކޮޅު ފަރާތްތަކުން އެގައުމުގައި އާ ސަރުކާރެއް އެކުލަވާލަން މަސައްކަތް ފަށާފައި ވަނިކޮށެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުގެ ސިފައިން ސީރިއާގެ އެކި ހިސާބުތަކަށް ބޮޑެތި ހަމަލާތައް ދެމުން އަންނައިރު، އެގައުމުގެ ބޮޑު ތިން އެއާޕޯޓަކަށްވެސް މި ހަމަލާތައް ވަނީ އަމާޒުވެފައެވެ. އަދި ސީރިޔާގެ އަސްކަރީ ބޭސްތަކަށާއި ވެރިރަށް ދިމިޝްގު ހިސާބުތަކަށްވެސް ޒަޔަނިސްޓް އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ.

ވެރިކަމުން ދުރުކޮށްފައިވާ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ބޮޑުވަޒީރު ވިދާޅުވީ އެގައުމުގެ އިދިކޮޅުގެ ވެރިޔާ މުޙައްމަދު އަލް ބަޝީރުގެ ސެލްވޭޝަން އަށް ވެރިކަން ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށެވެ.

ސީރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ގައުމު ދޫކުރައްވައި ފިއްލަވައިގެން މިހާރު ހުންނަވަނީ ރަޝިޔާގެ ހިމާޔަތުގައި އެގައުމުގެ ވެރިރަށް މޮސްކޯގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން