ފާއިތުވި 48 ގަޑިއިރު އެކަނިވެސް ސީރިޔާއަށް 480 ހަމަލާދީފައިވާނޭ ކަމަށް ނިރުބަވެރި އިސްރާއީލުން ރަސްމީކޮށް ހާމަކޮށްފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ސީރިއާއަށް 480 ހަމަލާ ދީފައިވާއިރު އޭގެ ތެރޭގައި ކަނޑުގެ ސިފައިންގެ 15 އުޅަނދަކާއި އެންޓި އެއާކްރާފްޓް ހުރި ތަންތަނަށާއި ހަތިޔާރު އުފައްދާ ތަންތަނަށް ވެސް ވަނީ ހަމަލާދީފަ އެވެ.
މި ހާދިސާ އާއި ގުޅިގެން ސީރިއާގެ ކުރީގެ ބޮޑުވަޒީރު މުހައްމަދު އަލް ބަޝީރު ވިދާޅުވީ ސީރިއާގެ ރައްޔިތުންނަށް މި ދަނޑިވަޅުގައި ހަމަޖެހުން ބޭނުންވާ ކަމަށެވެ. އަދި ވެރިކަން ވެއްޓުމާގުޅިގެން އާންމު ހިދުމަތްތަކާއި މުއައްސަސާތައް އަލުން ފަށައިގަތުމަށް ބައްޝާރުލް އަސަދުގެ ވެރިކަމުގެ އޮފިޝަލުންނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ހަމަލާތައް ސީރިޔާއަށް އަމާޒުވެފައިވާ މި ދަނޑިވަޅަކީ ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުންވެސް އެގައުމުގެ ވެރިކަން ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރެއިން އެންމެ އިސްކޮށް ހަރަކާތްތެރިވާ އިދިކޮޅު ޖަމާއަތް، ހަޔަތު ތަހުރީރު އަލް ޝާމްގެ ލީޑަރު އަހުމަދު އަލް ޝަރާއާ ވަނީ ސީރިއާ އަލުން ބިނާކުރައްވާނޭ ކަމަށް ވައުދުވެވަޑައިގަންނަވާފަ އެވެ.
ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ބުނާ ގޮތުގައި އެމީހުން މިހާރު ވަނީ އެގައުމުގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ޑެއިރް އަޒް ޒޯރު އަލްގައި ހަރަކާތްތެރިވަމުން ދިޔަ ކުރީގެ ރައީސް އަސަދުގެ ސިފައިންގެ އަތުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު